Saturday, October 31
ވަގަށް ކަނޑާފައިވާ ކެޔޮގަނޑުތަކެއް ފުލުހުން ހޯދައިފި

ވަގަށް ނާގާފައިވާ ކަމަށް ބެލެވެ ކެޔޮގަނޑު ތަކެއް ހިތަދޫ ޕޮލިސްގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފިއެވެ.

އައްޑޫ ޕޮލިސް ސްޓޭޝަނުން ހާމަކޮށްފައިވާގޮތުގައި މިތަކެތި ގެނެވުނީ ރޭގެ ވަގުތެއްގައެވެ. އަދި މިތަކެތީގެ ވެރިފަރާތެއް ވާނަމަ ހިތަދޫ ޕޮލިސްގެ ނަމްބަރ 9791612 އަށް ގުޅުއްވައި މަޢުލޫމާތު ހިއްސާ ކޮށްދެއްވުމަށް ވަނީ އެދިފައެވެ.

ފުލުހުން ވަނީ އެ ޕޯސްޓުގައި  13 ކެޔޮގަނޑު ފެންނަ ފޮޓޯ ވެސް ހިމަނާފައެވެ.

އައްޑޫގައި މިފަދަ މައްސަލަތައް އިތުރުކަން ތަފާސްހިސާބުތަކުން ދައްކައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު