އެންސްޕާގެ ހިސާބުތަކުން އެނގޭ ގޮތުގައި، އޭޑީކޭ ހޮސްޕިޓަލުން މިދިޔަ މަހު ބޭސްފަރުވާ ކުރުމަށް ދަތިވާ 166 ކޭސްއަކަށް މާލީ އެހީ ވަނީ ފޯރުކޮށްދީފައެވެ. އެ ފަރުވާތަކަށް ވަނީ، ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައެވެ. ޓްރީޓޮޕުން ހޯދި ފަރުވާތަކަށް ބަލާއިރު، އެންމެ ބޮޑު ހޭދައެއް ހިނގީ ކަށީގެ ބަލިތަކަށް ހޯދި ފަރުވާތަކަށެވެ. އެގޮތުން، އެ ބަލިތަކަށް އެކަނި 1.1 މިލިއަން ރުފިޔާ ޚަރަދުކުރިއިރު، ކުޑަކުދިންގެ ބަލިތަކަށް އެ އެޖެންސީން ޚަރަދުވީ، 871،407 ރުފިޔާ ކަމަށް ހިސާބުތައް ދައްކައެވެ. މީގެ އިތުރުން، ބޭސްފަރުވާގެ ޚަރަދުތައް ހަމަޖެއްސުމަށް ދަތިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މިދިޔަމަހު އެންސްޕާއިން 35.1 މިލިޔަނަށްވުރެ ގިނަ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.ބޭސްފަރުވާގެ ޚަރަދު ކުރުމަށް ދަތިވާ ފަރާތްތަކުން ރާއްޖޭގެ ޕްރައިވެޓް ހޮސްޕިޓަލްތަކުން އެނދުމަތިކޮށްގެން ހޯދާފައިވާ ފަރުވާތަކަށް ބޭސްފަރުވާގެ އެހީގެ ޕްރޮގްރާމް މެދުވެރިކޮށް އެހީ ހަމަޖައްސާދެވުނު ގޮތުގެ ތަފްސީލް ނޮވެންބަރު 2025 pic.twitter.com/pzJ9p1Eyts
— NSPA (@NSPAmaldives) December 15, 2025
މިއީ މިދިޔަ އޮކްޓޫބަރު މަހު ޚަރަދުކުރިވަރަށްވުރެ ބޮޑު އަދަދެކެވެ. އޮކްޓޫބަރު މަހު ބޭސް ފަރުވާއަށް ޚަރަދުކޮށްފައިވަނީ 45.1 މިލިޔަން ރުފިޔާއެވެ. އެންސްޕާގެ ތަފާސްހިސާބުތައް ދައްކާގޮތުގައި މިދިޔަ މަހުވަނީ ބޭސް ފަރުވާއަށް 35.1 މިލިޔަން ރުފިޔާ ޚަރަދުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ރާއްޖޭގައި ބޭސްފަރުވާކުރުމަށް ޚަރަދުކުރި 20.5 މިލިޔަން ރުފިޔާއާއި ރާއްޖެއިން ބޭރުން ބޭސް ފަރުވާ ކުރުމަށް ޚަރަދުކުރި 14.5 މިލިޔަން ރުފިޔާއެވެ. ބޭސްފަރުވާގެ ޚަރަދު ކުރުމަށް ދަތިވާ ފަރާތްތަކަށް ބޭސްފަރުވާގެ އެހީގެ ޕްރޮގްރާމް މެދުވެރިކޮށް މިދިޔަ މަހު އެންމެ ގިނައިން އެހީތެރިކަން ފޯރުކޮށްދީފައިވަނީ ކެންސަރު ބައްޔާއި ކަށީގެ ބަލިތަކާއި ވިހެއުމުގެ އިތުރުން ނޭވާލާ ނިޒާމްގެ އެކި ބަލިތަކަށެވެ. އެގޮތުން މިދިޔަ މަހު ކެންސަރު ބައްޔަށް ފަރުވާކުރުމަށް 135 ކޭސްއަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާއިރު ކަށީގެ އެކި ބަލިތަކުގެ ފަރުވާކުރުމަށް 130 ކޭސްއަކަށް މާލީ އެހީ ދީފައިވެއެވެ. އަދި ވިހެއުމާ ގުޅޭ 124 ކޭސްއަކާއި ނޭވާލާ ނިޒާމްގެ 112 ކޭސްއަކަށްވެސް އެންސްޕާއިން މިދިޔަމަހު މާލީ އެހީދީފައިވެއެވެ.ނޮވެންބަރު 2025 ގައި ބޭސްފަރުވާގެ ޚަރަދު ކުރުމަށް ދަތިވާ ފަރާތްތަކަށް ބޭސްފަރުވާގެ އެހީގެ ޕްރޮގްރާމް މެދުވެރިކޮށް އެހީ ހަމަޖައްސާދެވުނު ބަލީގެ ތަފްސީލް pic.twitter.com/jqZzkeEKlu
— NSPA (@NSPAmaldives) December 15, 2025






