Monday, November 2
ކުރިއަށް އޮތް ހަފްތާގައި ވެސް މާލެ އާއި ބައެއް ސަރަހައްދަށް ވައި ނުސާފުވާނެ: މެޓް

ކުރިއަށް އޮތް ހަފްތާގައި ވެސް މާލެ ހިމެނޭހެން ރާއްޖޭގެ ބޮޑު ބަޔަކަށް ވައިނުސާފުވާނެ ކަމަށް ބެލެވޭ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ބުނެފިއެވެ.

މެޓް އޮފީހުން މިއަދު އާންމުކުރި މައުލޫމާތުގައިވާ ގޮތުގައި ދުންފުހުގެ ސަބަބުން އުތުރާއި މެދުރާއްޖެތެރެއަށް މިހާރު ވައި ނުސާފެވެ. އެގޮތުން، މި ސަރަހައްދަށް ވައި ނުސާފުވެ ހަމަ ލޮލަށް ސާފުކޮށް ދުރުމިން ފެންނަ މިންވަރު މިހާރުވެސް ދަށްވެފައިވާ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ. މެޓް އޮފީހުން ބުނީ ކުރިއަށް އޮތް ހަފްތާގެ ތެރޭގައިވެސް ދުންފުހުގެ އަސަރު މި ސަރަހައްދުތަކަށް ކުރާނެ ކަމަށް ބެލެވޭ ކަމަށެވެ.

ވައި ސާފު މިންވަރު ދައްކުވައިދޭ، އައިކިއު އެއާއިން ދައްކާ ގޮތުގައި، މާލޭގައި ފައިން ޕާޓިކިއުލޭޓް މެޓާ ނުވަތަ ޕީއެމް2.5 މާލޭގައި ހުރީ، ކޮންމެ ކިއުބިކް މީޓާއަކަށް 40.9 މައިކްރޯގްރާމްގައެވެ.

އެއީ ޕީއެމް2.5 ހުންނަން ޖެހޭ ރައްކާތެރި މިންވަރު ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅައިފައިވާ މިންވަރުގެ 8.2 ގުނަ އިތުރު އަދަދެއް ކަމަށް އައިކިއު އެއާގައި ފާހަގަކޮށްފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު