Monday, November 2
މާލޭ ޒޯނަށް ރަޖިސްޓްރީކޮށްފައިވާ ވެހިކަލްތަކަށް ޚާއްސަ ޕާކިން ޒޯނެއް ހުޅުވައިފި

މާލޭ ޒޯނަށް ރަޖިސްޓްރީކޮށްފައިވާ ވެހިކަލްތަކަށް ޚާއްސަ ޕާކިން ޒޯނެއް އާއްމުންނަށް ހުޅުވައިފިއެވެ.

ހުޅުމާލޭގައި ހުޅުވި މި ޕާކިން ޒޯނުގައި ގާތްގަނޑަކަށް 1،200 ވެހިކަލް ޕާކުކުރެވޭނެ އެވެ.

ޕާކިން ޒޯން ހުޅުވުމުގެ ރަސްމިއްޔާތުގައި ޓްރާންސްޕޯޓް މިނިސްޓަރ މުޙައްމަދު އަމީން ވިދާޅުވީ މިއީ މާލޭ ޒޯންގައި ދިމާވެފައިވާ ޕާކިން މައްސަލަ އަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބޭނެ ދުވަހެއް ކަމަށެވެ.

އެޗްޑީސީގެ ފަރާތުން މީގެ ކުރިން ވެސް ވަނީ އިތުރު ދެ ޒޯން ޕާކިން އަަށް ހުޅުވާލައިފަ އެވެ.

 ޕާކިން ޒޯނުގައި ޕާކިކުރަން ހުއްދަ ދެނީ ހަމައެކަނި މާލޭ ޒޯނަށް ރަޖިސްޓްރީކޮށްފައިވާ ވެހިކަލްތަކަށެވެ. ރަޖިސްޓްރީ ނުކޮށްހުރި ވެހިކަލްތަކާއި މާލޭ ޒޯން ނޫން ޒޯނުތަކަށް ރަޖިސްޓްރީކޮށްފައިވާ ވެހިކަލްތައް އެ ޒޯނުގައި ޕާކެއް ނުކުރެވޭނެ އެވެ.

މިނިސްޓަރ އަމީން ވިދާޅުވީ ވަގުތީ ޕާކިން ޒޯންތައް ހަދަނީ ޕާކިން ބިލްޑިންތައް އެޅި ދާއިމީ ހައްލެއް ލިބެންދެން ކަމަށެވެ.

ކުރިއަށް އޮތް ހަފުތާގައި ޕާކިންގެ އިތުރު ދެ ބިމެއް ހުޅުވާލުމަށް އެޗްޑީސީން އަންނަނީ މަސައްކަތް ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު