Monday, November 2
ތިނަދުއަށް ވާރޭވެހި ފެންބޮޑުވެ ބައެއް ގޭގެއަށް ގެއްލުންވެއްޖެ

ގދ. ތިނަދޫ ސީޓީއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ބައެއް ގެތަކަށް ގެއްލުންވެއްޖެއެވެ.

ތިނަދޫ ސިޓީ ކައުންސިލުން ފޭސްބުކްގައި ކުރި ޕޯސްޓެއްގައިވަނީ ފެންބޮޑުވެފައިވާ ބައެއްތަންތަނުގެ ފޮޓޯތައް ހިއްސާކޮށްފައެވެ.

އެ ޕޯސްޓްގައި ކައުންސިލުން ބުނީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ރޭގެ ދަންވަރުން ފެށިގެން މެދުކެނޑުމެއް ނެތި ކުރަމުންދިޔަ ވިއްސާރައިގެ ސަބަބުން ތިނަދޫގެ އާންމު ގެތަކަށާއި ސަރުކާރުގެ ބައެއް ތަންތަން ފެންބޮޑުވެ އެކިވަރުގެ ގެއްލުންތައްވެފައިވާ ކަމަށެވެ.

ތިނަދޫގެ މޭޔަރު ސައުދު އަލީ މިއަދު "ވަން" އަށް ވިދާޅުވީ ވިއްސާރައިގައި ގެއްލުންވި ގެތަކުގެ އަދަދު މިވަގުތު ސީދާ ބުނެދެވެން ނެތް ކަމަށާއި އެކަމުގެ މައުލޫމާތު ކަމާގުޅުން ހުރި އިދާރާތަކަށް ފޯރުކޮށްދީފައިވާ ކަމަށެވެ.

ރެއިން ފެށިގެން އިތުރު ސަރަހައްދުގައި ފެންބޮޑުވަމުންދާތީ ފެންހިއްކުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށް މޭޔަރ ސައުދު ވިދާޅުވިއެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އާ އެކަމުގެ މައުލޫމާތު ރިޕޯޓު ކުރަމުންގެންދާ ކަމަށާއި ތިނަދޫގައި ހުންނަ ސަރުކާރުގެ އިދާރާތަކަށާއި ހޮސްޕިޓަލަށް ވެސް ކޮންމެވެސް ވަރަކަށް ގެއްލުންވެފައިވާ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު