Saturday, October 31
މާލޭގެ ދެ ގެއެއް ބަލައިފާސްކޮށް، ގިނަ އަދަދެއްގެ ވޭޕް އަދި ވޭޕް ކާޓްރިޖްތަކެއް އަތުލައިގެންފި

މާލޭގެ ދެ ގެއެއް ބަލައިފާސްކޮށް، ގިނަ އަދަދެއްގެ ވޭޕް އަދި ވޭޕް ކާޓްރިޖްތަކެއް އަތުލައިގެންފިއެވެ.

ފުލުހުން ހާމަކުރި ގޮތުގައި މި ތަކެތި އަތުލައިގެންފައިވަނީ ރާއްޖެއަށް އެތެރެކޮށް ވިއްކުން މަނާ ވޭޕް އަދި ވޭޕް ކާޓްރިޖްގެ ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައެވެ.

މި ޑިސެންބަރު މަހުގެ 5 ވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން އެދެ ގެ ބަލައިފާސްކުރި އެދެގޭގެ ތެރެއިން އެއް ގެއިން 190 ފްލޭވަރޑް ކާޓްރިޖް، 9 ނެނޯ ސްޓިކް އަދި ޑިސްޕޮސަބަލް ޕޮޑެއް ފެނިފައިވާއިރު، އަނެއް ގެއިން 331 ފްލޭވަރޑް ކާޓްރިޖް، 6 ރިފިލް ކާޓްރިޖް އަދި 7 ޕޮޑް ފެނިފައިވެއެވެ. އެދެގެއިން ޖުމްލަ 544 އައިޓަމެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މިމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ޑިސެންބަރު 5 ވަނަ ދުވަހު ފުލުހުން ހިންގި އިތުރު އޮޕަރޭޝަނެއްގައިވެސް ސައިކަލެއްގެ މަޑިދަށުން 89 ވޭޕް ކާޓްރިޖު ހޯދާފައިވާއިރު، ގެއެއްގެ އެޕާޓްމަންޓަކުން 59 ވޭޕް އަދި ކާޓްރިޖް ވަނީ ފެނިފައެވެ. އަދި އެ މައްސަލައާ ގުޅިގެން ވޭޕާއި ވޭޕް ކާޓްރިޖު ވިއްކަމުންދިޔަ ފޭސްބުކް ޕޭޖެއްވެސް ވަނީ ފުލުހުންގެ ބާރުގެ ދަށަށް ގެންގޮސްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު