Saturday, October 31
އަލަށް ވަޒީފާއަށް ނުކުންނަ ފަރާތްތަކަށް އަމާޒުކޮށްގެން ވޯކްޝޮޕެއް ހިންގައިފި

މުޅިން އަލަށް ވަޒީފާގެ މާޙައުލަށް ނުކުންނަ ފަރާތްތަކަށް ހާއްސަކޮށްގެން ޒުވާނުން ބާރުވެރިކުރުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ "ތައްޔާރުވަމާ" ވޯކްޝޮޕް ނިންމާލައިފިއެވެ.

އެއް ދުވަހުގެ މުއްދަތަށް ހިންގި މި ވޯކްޝޮޕް ކުރިއަށްގެންގޮސްފައިވަނީ މިއަދު 09:30 އިން 17:30 އަށެވެ.

ޖުމްލަ 63 ޒުވާނުން މި ވޯކްޝޮޕްގައި ބައިވެރިވެފައިވާއިރު މި ވޯކްޝޮޕް ކުރިއަށްގެންގޮސްފައިވަނީ ޔޫތު ހަބުގައެވެ.

ޒުވާނުން ވަޒީފާގެ މައިދާނަށް ތައްޔާރުކުރުމަށްޓަކައި ކުރިއަށްގެންދިޔަ މި ޕްރޮގްރާމަކީ އުމުރުން 16-35 އަހަރާ ދެމެދުގެ އުމުރުފުރާއަށް ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު