Monday, November 2
އައްޑޫ އިން ހައްޔަރުކުރި ޑްރަގް ނެޓްވޯކްގެ ވަނަވަރު އާންމުކޮށްފި

އައްޑޫގައި އެންމެ ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މައްސަލާގައި މިދިޔަ ބުދަ ދުވަހުގެ ރޭ ހައްޔަރުކުރި މީހުންގެ ވަނަވަރު ފުލުހުން ރޭ އާންމުކޮށްފި އެވެ.

ހައްޔަރުކުރި މީހުންނަކީ:

1- އަލީ ނަދީމް، 30، ކޮންމުލި، ސ. ހިތަދޫ

2- ހާފިޒު ފައުޒީ، 31، ފަލާހް، ސ. ހިތަދޫ

3- އިބްރާހިމް ސިރާޖު، 43، ވެޔޮފެހެބުރުގެ، ސ. ހިތަދޫ

4- ހަސަން އަލްފާފް، 28، ދޮރުފޮތިމާގެ، ސ. ހިތަދޫ

5- އަމީން މުހައްމަދު، 23، ކެކުރިމާގެ، ސ. ހިތަދޫ

މި މީހުންގެތެރެއިން ނަދީމާއި ހާފިޒު އަދި ސިރާޖު ތަހުގީގު ބޭނުމަށް 30 ދުވަހަށް ބަންދުކުރަން އަމުރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަލްފާފާއި އަމީން ބަންދުގައި ބަހައްޓަން ކޯޓުން ދިނީ  ފަސް ދުވަހެވެ.

ފުލުހުން ބުނީ، އެ ފަސް މީހުން ހިމެނޭ "ނެޓްވޯކް" ގެ މީހުންނަށް އަމާޒު ކޮށްގެން މަސްތުވާތަކެތި ޓްރެފިކް ކުރުމާއި މަނީ ލޯންޑާ ކުރުމުގެ ތަހުގީގު ފެށީ މި އަހަރުގެ މާޗު މަހުން ފެށިގެން ކަމަށެވެ. އަދި 2017 ވަނަ އަހަރުން ފެށިގެން އެ "ނެޓްވޯކް" ގެ މީހުން މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާ ކަން ހޯދާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. ހިތަދޫގެ މި ޑްރަގް ނެޓްވޯކްގެ ހަތަރު މީހެއްގެ އެކައުންޓުގައި މިދިޔަ ފަސް އަހަރު 19 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުރު ކޮށްފައިވާކަމަށް ފުލުހުން އިއްޔެ ވަނީ އާއްމުކޮށްފައެެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު