ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، އެކި ކަންކަމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މާފަންނު ރައްޔިތުންނާ ބައްދަލުކުރެއްވުން މާދަމާ ރޭ ބޭއްވުމަށް ނިންމަވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮންނާނޏި މާދަމާ ރޭ 20:30 ގައި ތާޖުއްދީން ސްކޫލްގައެވެ.
ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، އެކި ކަންކަމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށާއި، ރައްޔިތުން ކަންބޮޑުވާ ކަންތައްތަކާއި ޙިއްސާކުރައްވަން ބޭނުންފުޅުވާ ކަންކަން ސީދާ އަޑު އެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ބާއްވަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން، ވިލިމާލެ އަދި މައްޗަންގޮޅި ރައްޔިތުންނާމިހާރު ވަނީ ބައްދަލުކުރައްވާފައެވެ.
މި ބައްދަލުވުންތަކުގައި ރައްޔިތުން ބޭނުންވާ ސުވާލެއް ނުވަތަ ހިޔާލެއް ފޮނުވުމުގެ ރުފުސަތު ވަނީ ހުޅުވާލާފައެވެ.







