Monday, November 2
އިންޑިއާ އާއި ތުރުކީގައި ބާއްވާ ފިލްމް ފެސްޓިވަލްގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖެއަށް!

ގްލޯބަލް ސައިން ކޮންފްލުއެންސް  ދިއްލީ ފިލްމް ކޮންވެންޝަން އެންޑް ސަމިޓް 2026 ގައި ރާއްޖެއިން ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ނޭޝަނަލް ސެންޓަރ ފޯރ ދި އާރޓްސް އިން ބުނީ މި ފެސްޓިވަލް އޮންނާނީ 2026  ވަނަ އަހަރުގެ ފެބްރުއަރީ 13 އިން ފެބްރުއަރީ 15 އަށް ކަމަށެވެ. އެހެން ކަމުން އިންޑިއާ ގެ ކެޕިޓަލް ގައި ބޭއްވުމަށް ހަމަޖެހިފައިވާ 18 ވަނަ ޖެއިޕޫރް އިންޓަރނޭޝަނަލް ފިލްމް ފެސްޓިވަލްގައި ދިވެހިރާއްޖެއިން ބައިވެރިވުމުގެ ފުރުޞަތު ވަނީ ލިބިފައިވާތީ މި ފެސްޓިވަލްގައި ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 05 ޖެނުއަރީ 2026 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން ހުށަހެޅުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ.

މީގެ އިތުރުން 2026  ވަނަ އަހަރުގެ މާރިޗު 27 އިން އޭޕްރީލު 11 އަށް ތުރުކީގެ އަޑަނާގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަރނޭޝަނަލް އަޑަނާ ތިއޭޓަރ ފެސްޓިވަލް، އަދި 2026 ވަނަ އަހަރުގެ އޭޕްރީލު 03 އިން 12 އަށް ތުރުކީގެ ބުރުސާގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަރނޭޝަނަލް ބަލްކަން ކަންޓްރީސް ތިއޭޓަރ ފެސްޓިވަލް ގައި ދިވެހިރާއްޖެއަށް ބައިވެރިވުމުގެ ފުރުޞަތު ވަނީ ލިބިފައެވެ.

މި ފެސްޓިވަލްތަކުގައި ބައިވެރިވުމަށް ހޮވޭ ފަރާތްތަކަށް އަޑަނާ އާއި ބުރުސާގައި ހުރުމާއި ކެއުމުގެ ޚަރަދުގެ އިތުރުން އެތެރޭގެ ދަތުރުފަތުރުގެ ޚަރަދު ވެސް މި ފެސްޓިވަލްތައް އިންތިޒާމް ކުރައްވާ ފަރާތްތަކުން ހަމަޖައްސަވައިދެއްވާނެއެވެ.

ވީމާ، މި ފެސްޓިވަލްތަކުގައި ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 31 ޑިސެންބަރު 2025 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން އެޕްލިކޭޝަން ފޯމު ހުށަހެޅުމަށް ވަނީ އެދިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު