Saturday, October 31
ކައުންސިލް އިންތިޚާބު 2026: ޕީއެންސީ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުޞަތު ހުޅުވާލައިފި

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޓިކެޓުގައި ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާހަދަކުރުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މިގޮތުން ޕީއެސްންސީން ވަނީ ސިޓީ މޭޔަރާއި މެންބަރު، ސިޓީ ކައުންސިލް އަންހެން މެންބަރު، ސިޓީ އ.ތ.މ ކޮމިޓީގެ ރައީސާއި މެންބަރު، ރަށު ކައުންސިލްގެ ރައީސާއި މެންބަރު އަދި އަންހެން މެންބަރުގެ އިތުރުން ރަށު އ.ތ.މ ކޮމިޓީގެ ރައީސާއި މެންބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލައިފައެވެ.

ޕީއެންސީން ބުނީ މި މަޤާމުތަކަށް ވާދަކުރުމުގެ ޝަޢުޤުވެރިކަން ހުރި އެ ޕާޓީގެ އާންމު މެންބަރުން، އެކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު މިއަދުން ފެށިގެން ޑިސެންބަރު 15 ވާ ހޯމަ ދުވަހުގެ 18:00 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

ޕީއެންސީގެ ޕްރައިމަރީގައި ވޯޓު ލެވޭނީ އެ ޕާޓީގެ ދަފުތަރުގައި ހިމެނޭ މެންބަރުންނާއި ޑިސެންބަރު 15 ވަނަ ދުވަހުގެ 18:00 ގެ ނިޔަލަށް، އެ ޕާޓީގެ މެންބަރަކަށް ވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށހަަޅާފައިވާ ފަރާތްތަކަށެވެ. ވޯޓުދިނުމުގެ ޙައްޤު ލިބޭ ފަރާތްތަކުގެ ލިސްޓު ޑިސެންބަރު 16 ވަނަ ދުވަހު ޕާޓީގެ ވެބްސައިޓުގައި ޝާއިޢުކުރެވޭނެ ކަމަށް ޕީއެންސީން ބުންޏެވެ.

ޕީއެންސީން ހާމަކޮށްފައިވާ ގޮތުގައި އެ ޕާޓީގެ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ ޑިސެންބަރު 27 ވާ ހޮނިހިރު ދުވަހުގެ 9:00 އިން 16:00 އަށެވެ.

އަދި ޕްރައިމަރީގައި މެންބަރުންނަށް ވޯޓު ލެވޭނީ، އެ މެންބަރަކު ރަށްވެހިފައިވާ ރަށެއްގައި، ވޯޓުލުމަށް ޕާޓީގެ ފަރާތުން ހަމަޖައްސާފައިވާ ވޯޓުފޮށްޓަށް އެކަންޏެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު