Monday, November 2
ދެ ދުވަސްތެރޭ މާލެއާއި ހުޅުމާލެއިން ގިނައަދަދެއްގެ އުޅަނދު ޓޯވކޮށްފި
ދެ ދުވަސްތެރޭ މާލެއާއި ހުޅުމާލެއިން 138 އުޅަނދު ޓޯވްކޮށްފިއެވެ. ފުލުހުން މިއަދު ވަނީ މާލެ އަދި ހުޅުމާލޭގެ މަގުތަކުގައި އާންމު ދަތުރު ފަތުރަށާއި ހިނގާބިނގާވެ އުޅުމަށް ދަތިވާގޮތަށް ޕާކްކޮށްފައި ހުންނަ އުޅަނދުތައް ޓޯވކުރުމަށާއި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ފާއިތުވި 48 ގަޑިއިރުގެ ތަފާސް ހިސާބު އާއްމުކޮށްފައެވެ. އެ ތަފާސް ހިސާބުތައް ދައްކާގޮތުން ހުޅުމާލެއިން 38 އުޅަނދޫ ވަނީ ޓޯވްކޯށްފައެވެ. އެއީ މުޅިންވެސް ދެ ފުރޮޅުލީ އުޅަނދެވެ. އޭގެ ތެރޭގައި ޤަވާއިދާ ކިލާފަށް ޕާކްކޮށްފައި ހުރުމާއި، ލައިސަންނެތި ދުއްވުމާއި، ރަޖިސްޓްރީ ބަދަލުކޮށްގެން ދުއްވުމާއި އެހެނިހެން މައްސަލަތައް ފުލުހުން ފާހަގަކޮށްފައިވެއެވެ. މާލެއިން ޓޯވްކޮށްފައިވަނީ ދެ ފުރޮޅުލީ 60 އުޅަނދެވެ. އަދި ހަތަރު ފުރޮޅުލީ  ދެ އުޅަނދު ވަނީ ޓޯވްކޮށްފައެވެ. ފުލުހުން ދޭތެރެދޭތެރެއިން މާލެއާއި ހުޅުމާލޭގައި ގަވާއިދާ ޚިލާފަށް ޕާކްކޮށްފައި ހުންނަ ވެހިކަލްތައް ޓޯވްކުރެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު