Thursday, November 5
އަސްމާގެ ބަދަލުގައި އިޖުތިމާއީ ކޮމިޓީއަށް މުހައްމަދު އަލީ

މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން ވަކިކޮށްފި އެވެ.

މަޖިލީހުގެ ރިޔާސަތުން މިއަދު ވަނީ އިޖުތިމާއީ ކޮމިޓީއަށް ގެނައި ބަދަލު އިއުލާން ކުރައްވައިފަ އެވެ. އަސްމާގެ ބަދަލުގައި ކޮމިޓީއަށް އައްޔަންކޮށްފައިވަނީ ދުވާފަރު ދާއިރާގެ މެންބަރު މުހައްމަދު އަލީ އެވެ.

އަސްމާ ކޮމިޓީން ވަކިކޮށްފައި މި ވަނީ ބުރާސްފަތި ދުވަހު ތާޖުއްދީން ސްކޫލްގައި ބާއްވަން ހަމަޖެހިފައިވާ ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ސުވާލެއް ކުރަން ނުވަތަ މެސެޖެއް ދޭން ބޭނުންވާ ނަމަ، އެންގުމަށް އެދިވަޑައިގެން، އަސްމާ އޭނާގެ ދާއިރާގެ މެންބަރުންނަށް ފޮނުއްވި މެސެޖެއްގެ މައްސަލަ ބޮޑުވެފައިވަނިކޮށެވެ. އަސްމާ ފަހުންވަނީ އެ މެސަޖާ ގުޅިގެން މާފަށް ވެސް އެދިވަޑައިގެންފަ އެވެ.

އޭނާ ނެރުއްވި ނޫސް ބަޔާނެއްގައި ވިދާޅުވީ އޭނާ ފޮނުއްވި މެސެޖަކީ ޖަލްސާގައި އެއްވެސް ސަބަބަކާ ހުރެ ރައީސްއާ ސީދާ ސުވާލުކުރަން ފުރުސަތު ނުލިބޭ ފަރާތްތަކުގެ ހިޔާލާއި ކަންބޮޑުވުންތައް ރައީސްއާ ހަމައަށް ފޯރުކޮށްދިނުމުގެ މަގުސަދުގައި ފޮނުވި މެެސެޖެއް ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު