Thursday, November 5
ދައުލަތުން ފައިސާ ނުނަންގަވާ ކަމަށް ރައީސް ޔާމީން ވިދާޅުވިއިރު، 14.7 މިލިއަން އެއްފަހަރާ ހޯދަން އޮތީ ހުށަހަޅާފައި

ވެރިކަން ނިމުނީންސުރެ ދައުލަތުން ފައިސާ ނުނަންގަވާ ކަމަށް ރައީސް ޔާމީން ރޭ ވިދާޅުވިއިރު ، 14.7 މިލިއަން ރުފިޔާ އެއްފަހަރާ ހޯދުމަށް ފިނޭންސަށް އެމަނިކްފާނު ހުށަހަޅުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅުންނަށް ރައްކާތެރިކަމާއި އިނާޔަތް ދިނުމުގެ ގާނޫނުގެ ދަށުން ދޫކުރާ މި ފައިސާ އާއި ބޭސްފަރުވާ އަށް ދޭ ފާއިސާއިން އެއްވެސް އެއްޗެއް ނުނަންގަވާކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ. ރައީސް ޔާމީން މިހެން ވިދާޅުވެފައިވަނީ ޕީއެންއެފްގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާގޮތުން މި މަހުގެ 10 ވަނަ ދުވަހު ސީދާ ރައީސް ޔާމީން ސޮއިކުރައްވައި ފިނޭންސް މިނިސްޓްރީ އަށް ފޮނުއްވި ސިޓީއެއްގައި ވަނީ ނޮވެމްބަރު 17، 2018 އިން ފެށިގެން ވޭތުވެދިޔަ މުއްދަތުގައި ލިބެންވާ ފާއިސާ ހޯދުމަށް އެދިވަޑައިގެންފައެވެ.

އިޖުތިމާއީ ކަންކަން ކުރުމަށް ކުރީގެ ރައީސުންގެ އޮފީސް ހިންގުމަށް ދައުލަތުން ފައިސާ ދޫކުރަނީ އެކަމަށް ފައިސާ ހޯދަން އެ ބޭފުޅަކު ހުށަހެޅުއްވުމުންނެވެ. މިހާތަނަށް ރައީސް ޔާމީން އެކަމަށް ހުށަހަޅުއްވާފައި ނުވާތީ އެ ފައިސާ ދޫކޮށްފައި ނުވެއެވެ.

ކުރީގެ ރައީސުންގެ އޮފީސް ހިންގުމަށް ކޮންމެ ބޭފުޅަކަށް ދައުލަތުން މަހަކު 175،000ރ. ލިބޭނެ އެވެ. ކުރީގެ ރައީސުންނަށް އިނާޔަތާއި ރައްކާތެރިކަން ދިނުމުގެ ގާނޫނުގައި ބުނެފައި ވަނީ ރައީސްކަން ކުރައްވާފައިވާ ބޭފުޅަކު މުޖުތަމައަށް ފައިދާ ހުރި އިޖުތިމާއީ މަސައްކަތްތައް ކުރުމަށްޓަކައި އެ ބޭފުޅަކު ބޭނުންވެއްޖެ ނަމަ މަސައްކަތް ކުރާނެ އޮފީހަކާއި މުވައްޒަފުންނާއި އެހެނިހެން ކަންކަން ހަމަޖައްސަން ކޮންމެ މަހަކު 175،000ރ. އާ ހަމައަށް ދައުލަތުން ފައިސާ ދޭން ވާނެ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު