Saturday, October 31
މާފަރު ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ ބިންގާ އަޅައިފި

ނ. މާފަރު ޞިއްޙީ މަރުކަޒަށް އަލަށް އިތުރުކުރެވޭ އިމާރާތުގެ ބިންގާ އަޅައިފިއެވެ.

މާފަރު ޞިއްޙީ މަރުކަޒަށް އަލަށް އިތުރުކުރެވޭ އިމާރާތުގެ ބިންގާ އެޅުމާއި، ޞިއްޙީ މަރުކަޒުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކުރުމަށްޓަކައި ބޭއްވެވި ރަސްމިއްޔާތުގައި، މި ޚިދުމަތްތައް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވީ ޞިއްޙީ ވަޒީރު، ޢަބްދުالله ނާޒިމް އިބްރާހީމެވެ.

ސަރުކާރުން ފެނަކަ ކޯޕަރޭޘަން ލިމިޓެޑާ ހަވަލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން އަލަށް އިމާރާތްކުރާ އިމާރާތުގައި ލެބޯޓްރީއާއި އެކްސްރޭގެ ޚިދުމަތްތައް ޤާއިމްކުރެވޭނެއެވެ.

އަދި ޞިއްޙީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތުގެ ދަށުން ނަރުހުންގެ މަރުކަޒަކާއި، މީޓިންގ ހޯލަކާއި ޕަބްލިކް ހެލްތު ޔުނިޓަކާއި ޕޯޓިކޯ ޤާއިމްކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު