Saturday, October 31
ވަޒީރު އާދަމް ނަޞީރު ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް ފުރާވަޑައިގެންފި

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް ފުރާވަޑައިގެންފިއެވެ.

ދިވެހިބަހާ ބެހޭ ވުޒާރާއިން ހާމަކުރާ ގޮތުގައި ވަޒީރު ޗައިނާއަށް ވަޑައިގެންނެވީ މި ނޮވެންބަރު މަހުގެ 26 އިން 29 އަށް ޗައިނާގެ ޗޮންގްޗިންގައި ބޭއްވުމަށް ހަމަޖެހިފައިވާ އެލާޔަންސް ފޮރ ކަލްޗަރަލް ހެރިޓޭޖް އިން އޭޝިޔާ (އާޗާ)ގެ ދެވަނަ އާންމު ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ލިބިވަޑައިގަތް ދަޢުވަތަކަށެވެ.

ރާއްޖޭގެ ތަރިކައިގެ ދާއިރާ ޢިލްމީ ގޮތެއްގައި ތަރައްޤީކުރުމަށް މިހާރު ކުރެވެމުންދާ މަސައްކަތުގައި އާޗާއަކީ ފަންނީ ގޮތުުން އެހީތެރިކަން ދެއްވިދާނެ މުހިންމު ބައިވެރިއެއްކަމަށް އެ ވުޒާރާއިން ބުނެއެވެ.

އާޗާއިން މެންބަރު ޤައުމުތަކަށް އެހީތެރިކަންދޭ ދާއިރާތަކުގެ ތެރޭގައި ތަރިކަ އިއާދަކުރުމާއި، މަރާމާތުކުރުމާއި ޓެކްނޯލޮޖީއާއި އިންސާނީ ޤާބިލުކަން އިތުރުކުރުން ހިމެނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު