Saturday, October 31
ސަޅި ފެސްޓް 2025 މާދަމާ ފަށަނީ

ދިވެހި ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމިޓީން އިސްނަގައިގެން ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއާ ގުޅިގެން ޒުވާނުންގެ ހުނަރާއި ވިޔަފާރިތައް ކުރިއެރުވުމަށް އަމާޒުކޮށްގެން ބާއްވާ "ސަޅި ފެސްޓް 2025" މާދަމާ ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.

މި ފެސްޓިވަލް ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެންބަރު މަހުގެ 27، 28، 29 ގައި ޔޫތު ހަބް، ލިލީ މަގުގައެވެ.

ސަޅި ފެސްޓްގައި، ވިޔަފާރި ސްޓޯލްތަކާއި ފުޑް ސްޓޯލްތަކުގެ އިތުރުން އާ ހުނަރުތައް ދަސްކުރުމަށާއި، ހުނަރުތައް ތަރައްޤީ ކުރުމަށްޓަކައި ވޯކްޝޮޕްތަކުގެ އިތުރުން ލައިވް ޝޯތައް ވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ތިން ދުވަހުގެ މި ފެސްޓިވަލުގައި ބައިވެރިންނަށް ހިލޭ ކަރޯކޭ ރޫމްތަކާއި، އެކި ކަހަލަ ގޭމް ޒޯންތަކުގައި ވަގުތު ހޭދަކުރެވޭނެއެވެ.

ސަޅި ފެސްޓަށް ވެންޑަރުންގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު ލިމިޓެޑް ސްލޮޓްތަކެއް ކަނޑައަޅާފައިވާތީ، ޝައުގުވެރިވާ ފަރާތްތަކުން އަވަހަށް އެޕްލިކޭޝަން ހުށަހެޅުމަށް ޒުވާނުންނާ ބެހޭ ވުޒާރާއިން ވަނީ އެދިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު