Monday, October 12
އެމްއޭސީއެލްގެ ބޯޑަށް ޖަމީލް އުޘްމާން ޢައްޔަންކޮށްފި

ގެމަނަފުށީ ދާއިރާގެ ކުރީގެ މެންބަރު ޖަމީލް އުޡްމާން - ފޮޓޯ: ޕީއެސްއެމް

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ބޯޑަށް ބޭފުޅަކު ޢައްޔަންކޮށްފިއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ހާމަކޮށްފައިވާ ގޮތުގައި އެމްއޭސީއެލްގެ ބޯޑުގެ މެންބަރު ކަމަށް ޢައްޔަންކޮށްފައިވަނީ ހުޅުމާލެ ގޯތި ނަންބަރު 10718 އޯކިޑްހިޔާ، ޖަމީލް ޢުޘްމާނެވެ.

ޢުޘްމާނަކީ ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހެޑް އޮފް ސްޕެޝަލް ޕްރޮޖެކްޓްސް އޮޕަރޭޝަންސްގެ އިތުރުން 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެންބަރުކަންވެސް އަދާކުރައްވާފައިވާ ބޭފުޅެކެވެ.

ޢުޘްމާނާއެކު އެމްއޭސީއެލްގެ ބޯޑުގައި ތިއްބަވަނީ އެ ކުންފުނީގެ ޗެއަރޕަރސަން، ޢާއިޝާ ނޫރައިން ޖަނާޙް، ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދު އަދި ނޮން-އެގްޒެކެޓިވް ޑިރެކްޓަރުން ކަމަށްވާ ސަހަރު ވަޙީދާއި، އިބްރާހީމް ސިޔާދު ޤާސިމް އަދި އިބްރާހީމް މަހުދީގެ އިތުރުން އެގްޒެކެޓިވް ޑިރެކްޓަރ، މުޙައްމަދު މިހާދު އަދި އެގްޒެކެޓިވް ޑިރެކްޓަރު މުޖުތަބާ ލަޠީފެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު