Saturday, November 14
މެރިޓައިމް ސިލްކް ރޯޑް ކޮންފަރެންސްގައި ރާއްޖެއިން ބައިވެރިވެއްޖެ

ޗައިނާގެ ވެންޒޯގައި ބޭއްވި 2025 މެރިޓައިމް ސިލްކް ރޯޑް އަރބަން ކޯޕަރޭޝަން އެންޑް ޑިވެލޮޕްމެންޓް ކޮންފަރެންސްގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ. މި ކޮންފަރެންސް ބާއްވާފައިވަނީ ޗައިނާއާއި ސިލްކް ރޯޑްގައި ހިމެނޭ ގައުމުތަކުގެ ގުޅުން ބަދަހިކޮށް، ގުޅިގެން ތަރައްގީވުމުގެ މަގު ފަހިކުރުމަށެވެ.

މި ކޮންފަރެންސްގެ މެރިޓައިމް ސިލްކް ރޯޑް ކަލްޗަރަލް ކޯޕަރޭޝަން މައި ޕްލެނަރީ ސެޝަންގައި، ރާއްޖެ ތަމްސީލުކުރައްވާފައިވަނީ ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނިޔާޒެވެ.

މި ސެޝަންގައި ބައިވެރިވެވަޑައިގެން ޑރ. ނިޔާޒު ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ޗައިނާގެ މާކެޓުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި މިހާރުވެސް ޗައިނާގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ކުރިއަށްދާ މާކެޓިންގ އަދި ޕްރޮމޯޝަނަލް ހަރަކާތްތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.

ޑރ. ނިޔާޒު އިތުރަށް ވިދާޅުވީ، މި ސަރުކާރުން އިސްކަންދޭ ކަންތައްތަކުގެ ތެރޭގައި، މަދުކޮށް މީހުންދާ އަތޮޅުތަކަށް ފަތުރުވެރިކަން ފުޅާކުރުމާއި، ސަގާފީ އަދި ކޮމިއުނިޓީ ބެސްޓް ފަތުރުވެރިކަން ކުރިއެރުވުން ހިމެނޭ ކަމަށެވެ. މީގެ އިތުރުން، ދެމެހެއްޓެނިވި ގޮތަކަށް ފަތުރުވެރިކަން ކުރިއެރުވުމަށް ސަރުކާރުން އިސްކަންދޭކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު