Saturday, November 14
އެމްއެންޔޫ އާއި ކަރޓިން ޔުނިވާސިޓީއާ ދެމެދު ތަޢުލީމީ ދާއިރާ ކުރިއެރުވުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމް.އެން.ޔޫ) އަދި ކަރޓިން ޔުނިވާސިޓީއާ ދެމެދު މަތީ ތަޢުލީމީ ދާއިރާ ކުރިއެރުވުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބސްވުމުގައި، އެމްއެންޔޫގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވާސިޓީގެ ވައިސް ޗާންސެލަރ، ޑރ. އާއިޝަތު ޝެހެނާޒް އާދަމެވެ. އަދި ކަރޓިން ޔުނިވާސިޓީގެ ފަރާތުން ސޮއިކުރެއްވީ ޕްރޮފެސަރ، ޝިއޯޓިއަން ޒްޖަންގ އެވެ.

މި އެއްބަސްވުމުގެ ދަށުން، މަތީ ތަޢުލީމީ ދާއިރާ ކުރިއަރުވައި، ޢިލްމީ ދިރާސާކުރުމާއި،ދެ ޔުނިވާސިޓިގެ ފަރާތުން ގުޅިގެން ތަފާތު އެކި މަސައްކަތްތައްކުރުމަށް ވަނީ އެއްބަސްވެފައެވެ. އެގޮތުން، ކަލްޗަރަލް އެކްސްޗޭންޖް ޕްރޮގްރާމްތަކާއި އިންޓަރންޝިޕްގެ ފުރުޞަތުތައް މެދުވެރިކޮށް، ދެ ޔުނިވާސިޓީގެ ދަރިވަރުންގެ ހުނަރުވެރިކަން އިތުރުކުރުމާއި ދަރިވަރުންނަށް ފެންވަރު ރަނގަޅު މަތީ ތަޢުލީމު ފޯރުކޮށްދިނުމަކީ މި އެއްބަސްވުމުގެ މައިގަނޑު މަޤްޞަދެވެ.

އެމްއެންޔޫ އަދި ކަރޓިން ޔުނިވާސިޓީއާއި ދެމެދު ވެވުނު މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވުނު ރަސްމިއްޔާތުގައި، ދިވެހިރާއްޖެއަށް ކަނޑައެޅިފައިވާ އޮސްޓްރޭލިޔާގެ ހައި ކޮމިޝަނަރު، ހިޒް އެކްސެލެންސީ، ޑޭވިޑް ޖެސްއަޕް ވަނީ ބައިވެރިވެވަޑައިގަންނަވައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު