Thursday, November 5
ބައޮމެޓްރިކްސް ނަހައްދާ ބިދޭސީން މާދަމާއިން ފެށިގެން ވަގުތުން ޑީޕޯޓު ކުރާނަން : ރައީސް

ރާއްޖޭގައި ގަވާއިދާ ޚިލާފަށް ދިރިއުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް އިތުރަށް ވަރުގަދަކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ. އެގޮތުން، ބައޮމެޓްރިކްސް ނަހަދާ ތިބި ބިދޭސީން މާދަމާއިން ފެށިގެން ވަގުތުން ޑީޕޯޓުކުރާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިޢުލާނުކުރައްވާފައެވެ.

ރައީސް މިކަން ހާމަކުރެއްވީ މިރޭ އާޓިފިޝަލް ބީޗުގައި  ބޭއްވުނު ބޮޑު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ ބިދޭސީންގެ މައްސަލައަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު އެއް މައްސަލަ ކަމަށާއި، މި ސަރުކާރުން މިކަން ހައްލުކުރާނެކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި، މިދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ރެގުލެރައިޒް ނުކުރާ 9000 ބިދޭސީން ވަނީ ޑީޕޯޓުކުރެވިފައެވެ. ނަމަވެސް، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ އަދަދު އަދިވެސް ގިނަކަމުން، މިކަން ހައްލުކުރުމަށް އިތުރު ހަރުކަށި ފިޔަވަޅުތަކެއް އަޅަން ޖެހޭކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި މަސައްކަތުގައި ރައްޔިތުންގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައުލޫމާތު ކަމާބެހޭ ފަރާތްތަކަށް ދެއްވުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންނެވިއެވެ. މިއީ ގައުމީ ސަލާމަތާއި އިޖުތިމާޢީ ހަމަޖެހުން ކަށަވަރުކުރުމަށްޓަކައި އަޅާ މުހިންމު ފިޔަވަޅެއް ކަމަށް ރައީސް ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު