Thursday, November 5
އަންނަ ރަަަމަޟާން މަހު ކަަރަންޓު ބިލު 400ރ އަށް ވުރެ ބޮޑު ނުވާނެ: ރައީސް

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އަންނަ ރަމަޟާން މަހުގެ ކަރަންޓު ބިލު 400ރ އަށް ވުރެ ބޮޑު ނުވާނެކަމުގެ ޔަގީންކަން ދެއްވައިފިއެވެ. ރައީސް މިކަން ހާމަކުރެއްވީ، ރާއްޖޭގެ ތާރީހުގައި ބާއްވާ އެންމެ ބޮޑު އެއް ޖަލްސާ ކަމަށްވާ "ދިވެހިންގެ ރާއްޖެ" ޖަލްސާގައި މިރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ޑޮމެސްޓިކް ރޭޓުން ބިލް ކުރާ ކޮންމެ ގެއަކަށް ކުރިއަށް އޮތް ރަމަޟާން މަހުގެ ކަރަންޓު ބިލަށް ނަގާނީ އެންމެ ގިނަވެގެން 400ރ. ކަމަށާއި، އެއަށްވުރެ އިތުރުވާ ބަޔަކީ ސަރުކާރުން ދޭ ޑިސްކައުންޓެއް ކަމަށެވެ. މިއީ ރައްޔިތުންނަށް ދިރިއުޅުމުގެ ޚަރަދުތައް ކުޑަކޮށްދިނުމަށް ސަރުކާރުން ވެވަޑައިގެންފައިވާ ވައުދެއްގެ ދަށުން ދެއްވާ ހިތްވަރު ދިނުމެކެވެ.

ރައީސް އިތުރަށް ވިދާޅުވީ، މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރު ވެސް ރައްޔިތުންނަށް މަސްދަޅު ކޭސް ލިބޭނެ ކަމަށެވެ. ކަރަންޓު ބިލުގެ މައްސަލައަށް އަލިއަޅުވާލައްވައި ރައީސް ވިދާޅުވީ، "މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރު ވެސް މަސްދަޅު ކޭސް ލިބޭނެ. ޑޮމެސްޓިކް ރޭޓުން ބިލް ކުރާ ކޮންމެ ގެއަކަށް ކުރިއަށް އޮތް ރަމަޟާން މަހުގެ ކަރަންޓު ބިލަށް ނަގާނީ އެންމެ ގިނަވެގެން 400ރ. ބާކީ ބަޔަކީ ޑިސްކައުންޓް،" މިފަދައިންނެވެ.

މިފަދަ ބޮޑު ޑިސްކައުންޓެއް ދިނުމުގެ މަގްސަދަކީ، ބަރަކާތްތެރި ރަމަޟާން މަހު ޢާއިލާތަކަށް ދިމާވާ އިތުރު ޚަރަދުތަކަށް ލުޔެއް ދިނުމާއި، ޚާއްސަކޮށް ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާ ދުވަސްވަރެއްގައި ރައްޔިތުންގެ ކަންބޮޑުވުންތައް ކުޑަކުރުމެވެ. މިކަމުގެ ސަބަބުން ގިނަ ޢާއިލާތަކަށް މާލީ ގޮތުން ބޮޑު ލުޔެއް ލިބިގެންދާނެކަމަށް ބެލެވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު