Thursday, November 5
އެމްޑީޕީ މެދުހެންވޭރު ދާއިރާގެ ކުރީގެ ރައީސް ރައްޒާގް ޕީއެންސީ އަށް

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ މެދުހެންވޭރު ދާއިރާގެ ކުރީގެ ރައީސް އަބްދުއްރައްޒާގް (ޗަބީ)، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އާއި ރަސްމީކޮށް ގުޅިވަޑައިގެންފިއެވެ. ރައްޒާގް ޕީއެންސީ އާއި ގުޅިވަޑައިގެންފައިވަނީ މިރޭ މާލޭގެ އާޓިފިޝަލް ބީޗުގައި ބޭއްވި ޕީއެންސީގެ ބޮޑު ޖަލްސާގައެވެ.

ޗަބީއަކީ އެމްޑީޕީގެ ސަފުތަކުގައި ވަރަށް އިސް ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. އޭނާ ވަނީ މެދުހެންވޭރު ދާއިރާގެ ރައީސްކަން ކުރުމުގެ އިތުރުން، އެމްޑީޕީގެ އެންމެ މަތީ ބާރު ކަމަށްވާ ގައުމީ މަޖިލީހުގެ މެމްބަރުކަންވެސް ކުރިން ކުރައްވާފައެވެ. އެހެންކަމުން، އޭނާގެ މި ބަދަލަކީ އެމްޑީޕީއަށް ލިބުނު ވަރަށް ބޮޑު ހީނަރުކަމެއް ކަމަށް ބެލެވެއެވެ.

މިރޭގެ ޖަލްސާގައި ރައްޒާގް ޕީއެންސީ އާއި ގުޅިވަޑައިގަތުމުން، ޕީއެންސީގެ އިސް ލީޑަރުން ވަނީ އޭނާއަށް މަރުހަބާ ދަންނަވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު