Thursday, November 5
މަޝްހޫރު ލިޔުންތެރިޔާ އިމާދު ލަތީފް ޕީއެންސީއާ ގުޅިވަޑައިގެންފި

މަޝްހޫރު ލިޔުންތެރިޔާ އަދި ނޫސްވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރު، އިމާދު ލަތީފް، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އާއި ރަސްމީކޮށް ގުޅިވަޑައިގެންފިއެވެ. އިމާދު ޕީއެންސީއާ ގުޅިވަޑައިގަތީ މިރޭ އާޓިފިޝަލް ބީޗު ސަރަހައްދުގައި ބޭއްވި ބޮޑު ޖަލްސާގައެވެ.

އިމާދު ލަތީފްގެ އިގުރާރު ހަވާލުކޮށްފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުއަށެވެ. ލިޔުންތެރިކަމުގެ ރޮނގުން ގިނަގުނަ ކާމިޔާބީތަކެއް ހާސިލުކުރައްވާފައިވާ އިމާދުއަކީ، އަލިމަސް ގަލަން ލިބިފައިވާ ބޭފުޅެކެވެ. އޭނާގެ ތަޖުރިބާގެ ބޮޑުބައެއް ހޭދަކުރައްވާފައިވަނީ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދާއިރާގައެވެ.

އިމާދު ލަތީފަކީ ހަމައެކަނި ލިޔުންތެރިއެއް ނޫނެވެ. އޭނާއަކީ ބޭރުދުނިޔޭގެ ހަބަރުތަކާއި ކުޅިވަރުގެ ހަބަރުތައް އަދި ރާއްޖޭގެ ތާރީހު ދިރާސާކުރައްވާ މަޝްހޫރު ބޭފުޅެއްވެސް މެއެވެ.

މިރޭ ބޭއްވި ބޮޑު ޖަލްސާގައި އިމާދު ލަތީފް ޕީއެންސީއާ ގުޅިވަޑައިގަތްއިރު މިހާތަނަށް އިމާދު ހުންނެވީ ޖުމްހޫރީ ޕާޓީގައެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު