Thursday, November 5
ހެންވޭރުކޮޅު ފުރާލައި ޕީއެންސީ ޖަލްސާ ކުރިއަށް

ޕީއެންސީ (ޕީޕަލްސް ނެޝަނަލް ކޮންގްރެސް) އިން ހެންވޭރު އާޓިފިޝަލް ބީޗު ސަރަހައްދުގައި މިހާރު ކުރިއަށް ގެންދާ ޖަލްސާގައި އެތައް ހާސް ބަޔަކު އެ ސަރަހައްދަށް ޖަމާވެ، މަގުތައް ފުރާލައިފިއެވެ. މިއީ މި ފަހުގެ ތާރީހުގައި ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ސިޔާސީ ހަރަކާތެވެ.

މި ޖަލްސާ އަށް ރާއްޖޭގެ ހުރިހާ ހިސާބަކުން ގިނަ އަދަދެއްގެ ބަޔަކު ވަނީ މާލެ އައިސްފައެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން އާޓިފިޝަލް ބީޗު ސަރަހައްދަށް ވަޑައިގެންނެވިއިރު، އެ ސަރަހައްދު އޮތީ ސަޕޯޓަރުންނާއި އެކު ފުރާލައިފައެވެ. ރައީސް މުއިއްޒުގެ ދެކަނބަލުން ވަނީ އެ ސަރަހައްދުގައި ތިބި ގިނަ އަދަދެއްގެ ސަޕޯޓަރުންނާ ސަލާން ކުރައްވައިފައެވެ.

 

 

 

 

 

 

 

 

މި ބޮޑު ޖަލްސާގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާއި ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވެސް ބައިވެރިވެވަޑައިގަންނަވައެވެ. މި ޖަލްސާއަކީ ޕީއެންސީގެ ސިޔާސީ ބުރަދަން ދައްކުވައިދޭ އަދި އެ ޕާޓީގެ ސަޕޯޓަރުންގެ އެއްބައިވަންތަކަން ފާޅުކުރާ މުހިންމު ހަރަކާތެއް ކަމަށް ބެލެވެއެވެ.

 

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު