Saturday, October 31
މަކަރާއި ހީލަތުގެ މައްސަލައެއްގައި މީހަކު ހޯދަނީ

ގދ. މަޑަވެލި ޕޮލިސް ސްޓޭޝަނުން ބަލަމުންދާ މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަޙުޤީޤަށް މީހަކު ހޯދަން އިޢުލާންކޮށްފިއެވެ.

މިގޮތުން ފުލުހުން ހޯދަމުންދަނީ ސ. މީދޫ / ނޫފިޔަ، އަޙްމަދު ފިޔާޟް (45އ) އެވެ.

ފުލުހުން ވަނީ އޭނާ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަޙުޤީޤަށް ހާޒިރުވުމަށް އަންގައިފައެވެ.

މައްސަލައިގެ ތަހުޤީޤަށް ތުހުމަތުގައި ސުވާލުކުރުމަށް އޭނާ ހާޒިރުވާން ޖެހޭނީ 2025 ނޮވެމްބަރު 21 ވަނަ ދުވަހުގެ 14:00ގެ ކުރިން ގދ. މަޑަވެލި ޕޮލިސް ސްޓޭޝަނަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު