Saturday, October 31
ސައުދީ ފަންޑުން 3 ރަށެއްގައި އަޅާ ހޮސްޕިޓަލް ޑިޒައިންކޮށް ކޮންސަލްޓަންސީ ދޭނެ ފަރާތެއް ހޯދަނީ

ދިވެހި ސަރުކާރުން ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓް ގެ އެހީގައި ހިންގަމުންދާ ހެލްތު ސެކްޓަރ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ތިން ރަށެއްގައި ހޮސްޕިޓަލް ޑިޒައިންކުރުމާއި ސުޕަރވައިޒްކޮށްދޭނެެ ކޮންސަލްޓަންސީ ފާރމެއް ހޯދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފި އެވެ.

މި ޕްރޮޖެކްޓްގެ ދަށުން ހެލްތު ސެކްޓަރ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް ކުރިއަށްގެންދިއުމަށް ނިންމާފައި ވަނީ، ޏ. ފުވައްމުލައް، ލ. ފޮނަދޫ އަދި ފ. ނިލަންދޫ ގައެވެ.

ފިނޭންސް މިނިސްޓްރީން ކުރި އިއުލާންގައި ބުނެފައި ވަނީ، މިނިސްޓްރީ އޮފް ހެލްތުގެ ބޭނުމަށް، އެ މަސައްކަތަށް "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" (އީ.އޯ.އައި) ހުށަހެޅުމުގެ ފުރުޞަތު ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލާފައިވާ ކަމަށެވެ.

އެގޮތުން މި މަސައްކަތަށް ޝަޢުޤުވެރިވާ ފަރާތްތަކުން މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށްދޭ ލިޔެކިޔުން ކުންފުނީގެ ފަންނީ ޤާބިލު ކަން، ގުޅޭ ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލްތައް މަސައްކަތްތަކުގެ އަގު އެނގޭނޭހެން، ކުންފުނީގެ މުވައްޒަފުންގެ މިފަދަ މަސައްކަތްތަކުގެ ހުނަރާއި ޤާބިލުކަން އަދި ކުންފުނީގެ މިފަދަ މަސައްކަތުގެ މަޢުލޫމާތު ހިމެނޭހެން ހުށަހަޅަން ވާނެ ކަމަށް ވަނީ ބުނެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު