Thursday, November 5
މާލޭ މޭޔަރުކަމަށް ރައީސް ނަޝީދުގެ ތާއިދު އަލީ އާޒިމަށް

މާލޭގެ މޭޔަރުކަމަށް ކުރިމަތިލައްވާނެކަމަށް ބެލެވޭ އަލީ އާޒިމަށް، ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ ތާއިދު އޮތްކަން މިއަދު ހާމަކުރައްވައިފިއެވެ.

ރައީސް ނަޝީދު މިކަން ހާމަކުރެއްވީ ސޯޝަލް މީޑިއާގައި އަލީ އާޒިމްގެ ކެމްޕެއިން ޕޯސްޓަރެއް ހިއްސާކުރައްވަމުންނެވެ.

ރައީސް ނަޝީދުގެ ރަސްމީ ސޯޝަލް މީޑިއާ ހޭންޑުލްތަކުން އާންމުކޮށްފައިވާ މި ޕޯސްޓަރަކީ، ލޯކަލް ކައުންސިލް އިންތިހާބުގެ ޕްރައިމަރީގައި އެމްޑީޕީގެ ޓިކެޓަށް ވާދަކުރެއްވުމަށް އަލީ އާޒިމް ބޭނުންކުރައްވާ ޕޯސްޓަރެއް ކަމަށް ބެލެވެއެވެ. މިއީ 2026 ވަނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބަށް އަމާޒުކޮށް ފެށިފައިވާ ކެމްޕެއިނެކެވެ.

މާލޭ މޭޔަރުކަމުގެ ޓިކެޓަށް އެމްޑީޕީގެ ތެރެއިން ވާދަކުރައްވާނެކަމަށް މިހާރު ބެލެވެނީ ދެ ބޭފުޅެކެވެ. އެއީ މިހާރު މާލޭގެ މޭޔަރު އާޒިމް އަދި ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު އަލީ އާޒިމް އެވެ. ރައީސް ނަޝީދު ތާއިދު ކުރައްވާފައިވަނީ މެދުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު އަލީ އާޒިމް އަށެވެ.

ރައީސް ނަޝީދުގެ މި ތާއިދާއެކު، އެމްޑީޕީގެ ޕްރައިމަރީގައި އަލީ އާޒިމްގެ ކެމްޕެއިނަށް އިތުރު ބާރެއް ލިބިގެންދާނެކަމަށް ބެލެވެއެވެ. މާލޭ މޭޔަރުކަމުގެ ވާދަވެރިކަން މިހާރުވެސް ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ. ލޯކަލް ކައުންސިލް އިންތިހާބަށް ދެން އޮތް ދުވަސްތަކުގައި މި ވާދަވެރިކަން އިތުރަށް ބޮޑުވެގެންދާނެކަމަށް ބެލެވެއެވެ.

 

 

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު