Tuesday, November 3
މޯދީގެ ހާއްސަ މަންދޫބެއްގެ ގޮތުގައި އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓަރު ރާއްޖެ ވަޑައިގެންފި
މޯދީގެ ޚާއްޞަ މަންދޫބެއްގެ ގޮތުގައި އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓަރު ކިންޖަރަޕޫ ރާމް މޯހަން ނައިޑޫ ރާއްޖެ ވަޑައިގެންފިއެވެ. ފޮރިން މިނިސްޓްރީން މިއަދު ވިދާޅުވީ އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ގެ ޚާއްޞަ މަންދޫނެއްގެ ގޮތުގައި އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓަރު ރާއްޖެ ވަޑައިގެންފައިވާ ކަމަށެވެ. އެމަނިކުފާނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުޙަބާ ދެންނެވީ ފޮރިން މިނިސްޓަރ އަބުދުﷲ ޚަލީލްއެވެ. އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓަރު ކިންޖަރަޕޫ ރާމް މޯހަން ނައިޑޫ ރާއްޖެ ވަޑައިގެންފައި މިވަނީ ހދ. ހަނިމާދޫ އެއާޕޯޓް އަލުން ތަރައްޤީކޮށް މިރޭ ހުޅުވާ ރަސްމިއްޔާތު ބާއްވާ ދަނޑިވަޅެއްގައެވެ. އެހެން ނަމަވެސް މޯދީގެ ޚާއްޞަ މަންދޫބެއްގެ ގޮތުގައި އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓަރު ކިންޖަރަޕޫ ރާމް މޯހަން ނައިޑޫ ރާއްޖެވަޑައިގެންނެވި ދަތުރުފުޅުގެ ތަފްޞީލެއް ފޮރިން މިނިސްޓްރީން ހާމައެއް ނުކުރައްވައެވެ. ހަނިމާދޫ އެއާޕޯޓަކީ އިންޑިއާގެ ލޯނު އެހީގައި ހަދަމުން ބިޔަ މަޝްރޫޢެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓު

  1. ލަބީ - 2025-11-09T16:42:58

    އިންދިއާ އައުޓް