ޖިންސީ ގޯނާގެ މައްސަލައެއްގެ ތުހުމަތުގައި މާލެ ސިޓީ ކައުންސިލްގެ މާފަންނު ދެކުނު ދާއިރާގެ ކުރީގެ ކައުންސިލަރު މުޙައްމަދު އައިމަން އިސްމާއީލް (އާނު) ހައްޔަރުކޮށްފިއެވެ.
އައިމަން ހައްޔަރުކޮށްފައިވާކަން ފުލުހުންގެ ތަރުޖަމާނު އަޙްމަދު ޝިޔާމް ވަނީ ކަށަވަރުކޮށްދީފައެވެ.
ފުލުހުން ބުނީ، އައިމަނާ ގުޅޭ މައްސަލައިގެ ތަޙުޤީޤުގެ ބޮޑު ބައެއް މިހާރު ފުރިހަމަ ކުރެވިފައިވާ ކަމަށެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަޙުޤީޤުކުރަމުންނެވެ.
އައިމަނަކީ އެމްޑީޕީގެ ޓިކެޓުގައި މާފަންނު ދެކުނު ދާއިރާއިން މާލެ ސިޓީ ކައުންސިލަށް އިންތިޚާބުވި ކައުންސިލަރެކެވެ.






