Saturday, October 31
މުދާ ބަރުކޮށްގެން ދިޔަ ބޯޓެއް ފެލިދޫ ކައިރި ފަރަކަށް އަރައިފި

މުދާ ބަރުކޮށްގެން ދިޔަ ބޯޓެއް ފެލިދޫ ކައިރި ފަރަކަށް އަރައިފިއެވެ.

ފުލުހުން ބުނީ މާލެއިން މުދާ ބަރުކޮށްގެން ގދ. ފަރެސްމާތޮޑާއަށް ދަތުރުކުރި "ފަހިރޯޅި" ނަމަކަށް ކިޔާ ބޯޓު، ވ. ފެލިދޫ ކައިރި ފަރަކަށް އަރާފައިވާކަމުގެ މަޢުލޫމާތު ނޮވެންބަރު 7 ވަނަ ދުވަހުގެ ފަތިހު 5:01 ހާއިރު ލިބިފައިވާ ކަމަށެވެ.

ފުލުހުން ބުނީ ބޯޓުގައި ތިބި މީހުން ފުލުހުންގެ އެހީއާއެކު ވ. ފެލިދޫއަށް ގެންގޮސްފައިވާ ކަމަށެވެ. އެ ބޯޓުން ދަތުރުކުރީ ޖުމުލަ 12 މީހެކެވެ. އޭގެ ތެރޭގައި 6 ދަތުރުވެރިން (ދިވެއްސަކާއި ފަސް ބިދޭސީން) އަދި ކެޕްޓަންގެ އިތުރުން ބޯޓުގެ ވެރިފަރާތާއި ހަތަރު ބިދޭސީ ފަޅުވެރިން ހިމެނެއެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި ބޯޓު ފަރަށް އަރައި، ބޯޓުގެ މައްޔާ ފަޅައިގެން ގޮސް ދިޔަވެ، ބޯޓުގެ ބޮޑު ބައި މިހާރު އޮތީ އަޑީގައެވެ.

ފުލުހުން ދަނީ މި ހާދިސާ ހިނގި ގޮތް ބަލަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު