Monday, November 9
ފުވައްމުލަކުގައި ސިޓީ ހޮޓަލެއް އެޅުމަށް އެމްއޭސީއެލް އާ ހަވާލުކޮށްފި

ފުވައްމުލަކުގައި އިކޯ ޓޫރިޒަމް ކުރިއަރުވައި ސިޓީ ހޮޓަލެއް ތަރައްގީ ކުރުމަށް އެމްއޭސީއެލްއާ ހަވާލުކޮށްފިއެވެ.

މީގެ އިތުރުން  ފުވައްމުލަކުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ޢުމްރާނީ ތަރައްޤީގެ 10 މަޝްރޫޢެއްގެ މަސައްކަތް އެކި ކުންފުނިތަކާ ވަނީ ޙަވާލުކޮށްފައެވެ. މި މަޝްރޫޢުތަކުގެ މަސައްކަތް ކުރުމަށް ކުންފުނިތަކާ ޙަވާލުކޮށްފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ފުވައްމުލަކާއި އައްޑޫ އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފުވައްމުލަކު ރައްޔިތުންނާ ބައްދަލުކުރައްވުމަށް ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ފުވައްމަލު ސިޓީގައި އިންޓަގްރޭޓެޑް އީކޯ ޓޫރިޒަމް މަޝްރޫއާއި، ސިޓީ ހޮޓަލެއް ޤާއިމްކުރުމަށް އެމްއޭސީއެލްއާ ޙަވާލުކޮށްފައެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، ފަތުރުވެރިކަމާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ނަޝާތު ރަޝީދެވެ. އަދި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ، މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދެވެ. ހަމައެއާއެކު، ފުވައްމުލަކު ސްކޫލުގައި 16 ކްލާސްރޫމާއި ލެބް ޤާއިމްކުރުމުގެ މަޝްރޫޢާއި ފުވައްމުލަކު ސިޓީގައި އޮފީސް ކޮމްޕްލެކްސް އިމާރާތެއް ތަރައްޤީކުރުމުގެ މަޝްރޫޢާއި، އެރަށުގައި ސްކޭޓް ޕާކެއް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އިތުރުން ފުވައްމުލަކު ސިޓީ މަގުހެދުމުގެ މަޝްރޫޢުގެ ފޭސް 3ގެ މަސައްކަތް ކުރުމަށް ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާ ޙަވާލުކޮށްފައެވެ. ރައީސުލްޖުމްހޫރިއްޔާ ފުވައްމުލަކާއި އައްޑޫ އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރަށުގެ ތަރައްޤީއަށް ބޭނުންވާ ޢުމްރާނީ ގިނަ މަޝްރޫޢުތައް އަންނަނީ އެކި ކުންފުނިތަކާ ހަވާޅުކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު