1447 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހު، މި ކައުންސިލުން ބާއްވަން ހަމަޖެހިފައިވާ ކީރިތި ޤުރްއާން ކިޔެވުމާއި މަދަޙަ ކިޔުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވައިލައިފިއެވެ.
ކީރިތި ޤުރުއާން ކިޔެވުމުގެ މުބާރާތް ދެ ގޮތްޕަކަށް ވަނީ ބަހައިލެވިފައިވެއެވެ. އެއީ ބަލައިގެން ކިޔެވުމުގެ ގޮތްޕާއި ނުބަލައި ކިޔެވުމުގެ ގޮތްޕެވެ. ކޮންމެ ގޮތްޕެއްގައި ވެސް 6 ޢުމުރުފުރާ ހިމެނޭނެއެވެ. އެއީ 6 އަހަރުން ދަށާއި، 9 އަހަރުން ދަށާއި 11 އަހަރުން ދަށާއި، 13 އަހަރުން ދަށާއި، 16އަހަރުން ދަށާއި، 19އަހަރުންދަށެވެ. ޢުމުރު ފުރާ ކަނޑައެޅުމުގައި ބަލާނީ 1 ޖަނަވަރީ 2025 އަށް ދަރިވަރަށް ފުރޭ އަހަރަށެވެ.
މި މުބާރާތުގެ 6 އަހަރުން ދަށުގެ ޢުމުރުފުރާގެ ދަރިވަރުންގެ ކިޔެވުމަށް އިންސާފުކުރާ ގޮތަށް ހަމަޖެހިފައި ނުވެއެވެ. އެ ނޫން ކޮންމެ ޢުމުރުފުރާއަކުންނާއި ކޮންމެ ގްރޫޕަކުންނާއި ކޮންމެ ގޮއްޕަކުން، އެންމެ މޮޅު 5 ދަރިވަރުން ހޮވޭނެއެވެ. މި ދަރިވަރުންގެ ތެރެއިން، ކޮންމެ ޢުމުރުފުރާއަކުން، 1 ވަނަ، 2 ވަނަ، 3 ވަނަ، ހޮވާނެއެވެ. އަދި ކޮންމެ ގްރޫޕަކުން 1 ވަނަ، 2 ވަނަ، 3 ވަނަ އާއި، ކޮންމެ ގޮތްޕަކުން 1 ވަނަ، 2 ވަނަ، 3 ވަނަ، ހޮވާނެއެވެ. ޤުރުއާން މުބާރާތުގައި ކޮންމެ ދަރިވަރަކަށް ވެސް ބައިވެރިވެވޭނީ އެއް ގޮފީގައެވެ.
މި މުބާރާތުގެ ވަނަ ޙާޞިލްކުރާ ދަރިވަރުންނަށް ކަނޑައެޅިފައިވާ އިނާމުތަކަކީ:
މުބާރާތުގެ ކޮންމެ ޢުމުރުފުރައެއްގެ ކޮންމެ ގޮއްޕަކުން:
1 ވަނަ -/7000ރ، ޓްރޮފީއާއި ސެޓްފިކެޓް
2 ވަނަ - /5000ރ، ކްލާކާއި ސެޓްފިކެޓް
3 ވަނަ -/3000ރ، ކްލާކާއި ސެޓްފިކެޓް
މުބާރާތުގެ ސީނިޔަރ ގްރޫޕާއި ޖޫނިޔާރ ގްރޫޕުން، ބަލައިގެން ކިޔެވުމާއި ނުބަލައި ކިޔެވުމުން:
1 ވަނަ -/7000ރ، ޓްރޮފީއާއި ސެޓްފިކެޓް
2 ވަނަ - /5000ރ، ކްލާކާއި ސެޓްފިކެޓް
3 ވަނަ -/3000ރ، ކްލާކާއި ސެޓްފިކެޓް
މުބާރާތުގެ ބަލައިގެން ކިޔެވުމުންނާއި ނުބަލައި ކިޔެވުމުން، މުޅި މުބާރާތުން:
1 ވަނަ -/10000ރ ޓްރޮފީ އާއި ސެޓްފިކެޓް
2 ވަނަ -/7000ރ، ޓްރޮފީ އާއި ސެޓްފިކެޓް
3 ވަނަ -/5000ރ، ޓްރޮފީ އާއި ސެޓްފިކެޓް
ޤުރުއާން މުބާރާތުގެ ކޮންމެ ޢުމުރުފުރާއަކުން ކޮންމެ ގޮތްޕަކުން އަދި މުޅި މުބާރާތުން 4 ވަނަ އަދި 5 ވަނަ އަށް ސެޓްފިކެޓް ދެވޭނެއެވެ.
މަދަޙަ މުބާރާތުގައި ބައިވެރިވެވޭ ޢުމުރުފުރާތަކަކީ ވެސް 6 އަހަރުން ދަށާއި، 9 އަހަރުން ދަށާއި، 11 އަހަރުން ދަށާއި، 13 އަހަރުން ދަށާއި، 16 އަހަރުން ދަށާއި، 19 އަހަރުންދަށެވެ. ޢުމުރުފުރާ ކަނޑައެޅުމުގައި ބަލާނީ 1 ޖަނަވަރީ 2025 އަށް ދަރިވަރަށް ފުރޭ އަހަރަށެވެ.
މި ދެ މުބާރާތުގެ ޖޫނިޔަރ ގްރޫޕް ކަމުގައި ބަލާނީ، 9 އަހަރުންދަށާއި، 11 އަހަރުންދަށުގެ ޢުމުރުފުރާއެވެ. ސީނިޔަރ ގްރޫޕް ކަމުގައި ބަލާނީ، 13 އަހަރުންދަށާއި، 16 އަހަރުންދަށާއި، 19 އަހަރުން ދަށެވެ.
މުބާރާތުގެ ތަފްސީލް މިހާރު ވަނީ އާއްމުކޮށްފައެވެ.




