އއ.މާޅޮހުގެ ހުޅަނގު ދެކުނުން 15 މޭލު ބޭރުގައި ދޮށީ ކަނދުފަތި ޤާއިމްކޮށްފިއެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ މި ކަނދުފަތީގެ ނަންބަރަކީ I07D01 އެވެ. މި ކަނދުފަތި ޤާއިމްކޮށްފައިވާ ލޮކޭޝަނަކީ:
Advertisement
3°.54.000'N
72°.29.000'E
ކަނދުފަތި ޤާއިމްކުރުމާއި ވިއުގާ ބެލެހެއްޓުމަކީ ސަރުކާރުގެ މަސްވެރިކަން ތަރައްޤީކުރުމުގެ ސިޔާސަތުގެ ދަށުން ކުރިއަށް ގެންދެވޭ މުހިންމު މަސައްކަތެކެވެ.
މި ކަނދުފަތި ޤާއިމްކުރުމުގެ މަޤްޞަދަކީ އެ ސަރަޙައްދުގެ މަސްވެރިކަން އިތުރަށް ކުރިއެރުވުމެވެ. މި ދޮށީ ކަނދުފަތި ޤާއިމްކުރުމާ ގުޅިގެން އެ ސަރަޙައްދުގެ މަސްވެރިން، ޚާއްޞަކޮށް ޒުވާން މަސްވެރިންނާއި ސްޕޯޓްސް ފިޝިންގްގައި ޝާމިލްވާ ފަރާތްތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައެކެވެ.





