Saturday, October 31
ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި ނޮވެންބަރު މަހު ޢުމްރާއަށް ދާ ފަރާތްތައް ފުރަން ފަށައިފި

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި މި ފެށޭ ނޮވެންބަރު މަހު ޢުމްރާއަށް ދާ ފަރާތްތައް ފުރަން ފަށައިފިއެވެ.

މިގޮތުން ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި ޢުމްރާއަށް ދާ ޢުމްރާވެރީންގެ ފުރަތަމަ ފުލައިޓު ވަނީ މިއަދު ފުރައިފައެވެ. މިއަދު 42 ޢުމްރާވެރީން ފުރާފައިވާއިރު، ޙައްޖު ކޯޕަރޭޝަންގެ ޢުމްރާވެރީންގެ ދެވަނަ ގްރޫޕް މާދަމާ ފުރާނެއެވެ. ދެވަނަ ބުރުގައި މޯލްޑިވިއަންގެ ފްލައިޓުގައި 122 ޢުމްރާވެރިއަކު ފުރުމަށް ހަމަޖެހިފައިވެއެވެ.

ޙައްޖު ކޯޕަރޭޝަނުން ވަނީ ނޮވެންބަރު ޢުމްރާގެ ބައިވެރިންނަށް ޚާއްޞަކޮށްގެން ރޭ ތަމްރީނު ބައްދަލުވުމެއްވެސް ބާއްވައިފައެވެ. މިއީ ޢުމްރާ ކުރާނެ ގޮތާއި، ދަތުރުމަތީގައި ސަމާލުކަންދޭންވީކަންކަން ތަފްސީލުކޮށް ހިއްސާކުރުމަށް ބޭއްވި ބައްދަލުވުމެކެވެ.

2013 ވަނަ އަހަރު އުފެއްދި ޙައްޖު ކޯޕަރޭޝަންގެ މައިގަނޑު އަމާޒަކީ ޙައްޖާއި ޢުމްރާއަށް ދާން ގަސްތުކުރާ ދިވެހި ރައްޔިތުންނަށް ރަނގަޅު ފެންވަރެއްގައި ލުއި ފަސޭހަކަމާއި އެކު މި މަތިވެރިއަޅުކަން އަދާކުރެވޭނެ އިންތިޒާމު ހަމަޖައްސައިދީ، ޙައްޖު އަދި ޢުމްރާގެ އަޅުކަން އަދާކުރުމުގެ ގަސްތުގައި ދުރާލައިރާވަިގެން ރައްކާކުރާ ފައިސާ އަމާނާތްތެރިކަމާއެކު ބަލަހައްޓާނެ އިތުބާރުހުރި ނިޒާމެއް ޤާއިމުކުރުމެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު