Friday, October 23
ސްޓޭޓް ޔުޓިލިޓީ ސްކިލްސް އެކެޑެމީ ތުލުސްދޫގައި ހުޅުވައިފި

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް، ސްޓްލްކޯއިން ތުލުސްދޫގައި ޤާއިމްކުރި ސްޓޭޓް ޔޫޓީލިޓީ ސްކިލްސް އެކެޑަމީ ހުޅުވައިފިއެވެ. މި އެކެޑަމީ ހުޅުވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ކ. އަތޮޅުގެ ރަށްރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ތުލުސްދޫއަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ތުލުސްދޫ ސްޓޭޓް ޔޫޓީލިޓީ ސްކިލްސް އެކެޑެމީ ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުއެވެ. ސްޓޭޓް ޔޫޓީލިޓީ ސްކިލްސް އެކެޑަމީއަކީ މުޖުތަމަޢުގައި އިންޖިނިއަރިންގގެ ދާއިރާއަށް ޝައުޤުވެރިކަން އިތުރުކޮށް، މި ދާއިރާއިން މީހުން ބިނާކުރުމުގެ ތެރެއިން، ރާއްޖޭގައި ދެވޭ އިންޖިނިއަރިންގާއި ގުޅޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ސްޓެލްކޯއިން ޤާއިމްކޮށްފައިވާ މަރުކަޒެކެވެ.

މި މަރުކަޒުގައި ސްޓޭލްކޯގެ ތަޖުރިބާކާރުންގެ އިތުރުން ބައެއް އިލްމީ މުއައްސަސާތަކުންވެސް ޕްރޮގްރާމްތައް ހިންގުމަށް ހަމަޖެހިފައިވެއެވެ. ތުލުސްދޫގައި ޤާއިމްކޮށްފައިވާ ސްޓޭޓް ޔޫޓިލިޓީ ސްކިލްސް އެކެޑެމީގައި ކްލާސްރޫމްތަކާއި، ވަރކްޝޮޕަކާއި، ލެބޯޓްރީއެއްގެ އިތުރުން އެކޮމޮޑޭޝަން ހިމެނެއެވެ. ޗައިނާ ކުންފުންޏަކުން ހަދިޔާކުރި 200،000 އެމެރިކާ ޑޮލަރުގެ އަގުހުރި ވަޞީލަތްތަކާއި އާލާތްތަކާއެކު އިއާދަކުރަނިވި ހަކަތައިގެ ލެބޯޓްރީއެއް މި މަރުކަޒުގައި ޤާއިމްކޮށްފައިވެއެވެ. މި މަރުކަޒު ޤާއިމްކޮށްފައިވަނީ އެއްފަހަރާ 50 ކުދިންނަށް ތަމްރީނު ދެވޭނެ ވަސީލަތްތަކާއެކުގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު