Saturday, October 31
2022 އިން 2062 އަށް، ރާއްޖޭގެ އާބާދީއަށް އަންނާނެ ބަދަލުތައް ހާމަކޮށްފި

ދިވެހިރާއްޖޭގެ އާބާދީގެ އަންދާޒާ 2022 އިން 2062 އަށް، އަންދާޒާކޮށް މުސްތަގްބަލުގައި ރާއްޖޭގެ އާބާދީއަށް އަންނާނެ ބަދަލުތައް ސްޓެޓިސްޓިކްސްް މޯލްޑިވްސް އިން ހާމަކޮށްފި އެވެ.

މިބަދަލުތައް ހާމަކޮށްފައި ވަނީ، ބައިނަލްއަޤްވާމީ ތަފާސް ހިސާބުތަކުގެ ދުވަސް ފާހަަގަކުރުމަށް މޯލްޑިވްސް ނޭޝަނަލް ބިޔުރޯ އޮފް ސްޓެޓިސްޓިކްގެ ފަރާތުން ބޭއްވި ރަސްމިއްޔާތައި ނެރުނު "މޯލްޑިވްސް ޕޮޕިއުލޭޝަން ޕްރޮޖެކްޝަން ރިޕޯޓް 2022-2062" ގައެވެ.

މި ރިޕޯޓުން ދައްކާގޮތުގައި ރާއްޖޭގައި އެވްރެޖްކޮށް ކުދިން ހޯދާ މިންވަރު 2022ވަނަ އަހަރު ވަރަށްބޮޑުތަނުން ހުރީ ދަށަށްގޮސް 1.7 ގައެވެ. އަދި މުސްތަޤްބަލުގައި މި އަދަދު މިހާރަށްވުރެ ދަށަށްދާނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ. އަދި 2062 ވަނަ އަހަރު އަންނައިރު އެވްރެޖްކޮށް އަންހެނަކު ހޯދާނީ 1.5 ކުދިން ކަމަށް ވަނީ ލަފާކޮށްފައެވެ.

މީގެ އިތުރަށް ދިވެހިންގެ ދިރިހުރުމުގެ އެވްރެޖް އުމުރަކީ 2062 ވަަނަ އަހަރު އަންނައިރު 80 އަހަރުން މަތިކަމަށް ވަނީ ލަފާކޮށްފައެވެ. އެގޮތުން ޖުމްލަކޮށް އަންހެނެއްގެ އުމުރު 85.3 އަދި ފިރިހެނެއްގެ އުމުރު 82.8 ގައި ހުންނާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

މީގެ އިތުރަށް ރާއްޖޭޭގައި ދިރިއުޅޭ ދިވެހި އާބާދީ އެންމެ ގިނަވާނެ ކަމަށް މި ދިރާސާގައި ލަފާކޮށްފައި ވަނީ އެކާވީސްވަނަ ގަރުނުގެ މެދުތެރޭގައެވެ.

އެގޮތުން 2022 އާއި 2050އާއި ދެމެދު ދިވެހި އާބާދީއަށް %12 އިންސައްތައިގެ އިތުރުވުމެއް އަންނާނެ ކަމަށް ލަފާކޮށްފައިވާއިރު، 46،000 މީހުންގެ އާބާދީއެއް އިތުރު 2050ވަނަ އަހަރު އަންނައިރު 427,994 އާބާދީ އަރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

އަދި އެއަށްފަހު އެވްރެޖްކޮށް ކޮންމެ އަހަރަކު 1000 މީހުން ދިވެހި އާބާދީން މަދުވާނެ ކަމަށްވެސް ވަނީ ލަފާކޮށްފަ އެވެ.

މީގެ އިތުރަށްވެސް މި ރިޕޯޓްގަިއ ވަނީ، ރާއްޖޭގެ އާބާދީގެ ދުރުމުސްތަޤްބަލާއި ގުޅޭ މުހިންމު ތަފާސްހިސާބުތައްް ދެނެގަނެފައެވެ.

މީގެ އިތުރަށް "ލޭބަރ ފޯސް ސަރވޭ 2025"ގެ ނަމުގައި ކުރެވުނު ދިރާސާއާއި ގުޅޭ ތަފާސް ހިސާބުތަކުގެ ރިޕޯޓް ވެސް ވަނީ ނެރެފައެވެ.

މި ރިޕޯޓްގައި، ރާއްޖޭގައި މަސައްކަތްކުރާ އުމުރުފުރާގެ މީހުންގެ އާބާދީ އާި، މަސައްކަތްތެރިންގެ ތެރޭގައި ހިމެނޭ ބިދޭސީންގެ އިންސަންތަ އާއި، ވަޒީފާ އަދާކުރާ އަދި ވަޒީފާ އަދާނުކުރާ އާބާދީ އާއި ގުޅޭ ތަފާސްހިސާބުތައް ވަނީ އެއްކޮށްފަ އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު