މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢު ކުރިން ނިންމާފައި އޮތީ ސަރުކާރުގެ ބަޖެޓުން ކުރިއަށް ގެންދިއުމަށެވެ. ނަމަވެސް ރައީސް މުޢިއްޒު 2024 ވަނަ އަހަރުގެ ޖެނުއަރީ މަހު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި، މި މަސައްކަތް ޗައިނާގެ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދިއުމަށް ވަނީ ނިންމަވާފައެވެ.

މި މަޝްރޫއުގެ ދަށުން މާލޭގެ މަގުތައް ތަރައްޤީކުރާނީ ފެނާއި ނަރުދަމާގެ ނިޒާމާއި ކަރަންޓު އަޕްގްރޭޑް ކުރުމާއި ސްޓޯމްވޯޓަރ ނިޒާމާއި ފަޔާ ހައިޑްރަންޓްގެ ނިޒާމުވެސް ޤާއިމުކޮށްގެނެވެ.