އާދިއްތަ, November 15
އެމްއޭސީއެލްގެ ބޯޑަށް މުޖުތަބާ ޢައްޔަންކޮށްފި

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ބޯޑަށް ބޭފުޅަކު ޢައްޔަންކޮށްފިއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ހާމަކޮށްފައިވާ ގޮތުގައި އެމްއޭސީއެލްގެ ބޯޑުގެ އެގްޒެކެޓިވް މެންބަރު ކަމަށް ޢައްޔަންކޮށްފައިވަނީ ގއ. ދާންދޫ، މުޝްތަރީގެ، މުޖުތަބާ ލަޠީފެވެ.

މި މަޤާމަށް ޢައްޔަންކުރެއްވިއިރު މުޖުތަބާ ހުންނެވީ އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައެވެ.

މުޖުތަބާއާއެކު އެމްއޭސީއެލްގެ ބޯޑުގައި ތިއްބަވަނީ އެ ކުންފުނީގެ ޗެއަރޕަރސަން، ޢާއިޝާ ނޫރައިން ޖަނާޙް، ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދު އަދި ނޮން-އެގްޒެކެޓިވް ޑިރެކްޓަރުން ކަމަށްވާ ސަހަރު ވަޙީދާއި، އިބްރާހީމް ސިޔާދު ޤާސިމް އަދި އިބްރާހީމް މަހުދީގެ އިތުރުން އެގްޒެކެޓިވް ޑިރެކްޓަރ، މުޙައްމަދު މިހާދެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު