އާދިއްތަ, November 15
އައްޑޫ ކަރަންޓު މައްސަލަ ހައްލުކުރުމަށް އައު ދެ ޖަނަރޭޓަރު ގެނެސްފި

އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން އައު ދެ ޖަނަރޭޓަރު ގެނެސްފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ބުނެފިއެވެ.

ފެނަކައިން މިއަދު ބުނީ ކަމިންސް ބްރޭންޑުގެ 1.8 މެގަވޮޓްގެ މި ދެ ޖަނަރޭޓަރު މާލެ ފެނެސްފައިވަނީ ރޭ ވަގުތެއްގައި ކަމަށެވެ. މި ޖަނަރޭޓަރުތައް އައްޑޫއަށް ގެންދިއުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށާއި، މި ޖަނަރޭޓަރުތަކާއެކު 1.6 ގެ އިތުރު އައު ޖަނަރޭޓަރެއްވެސް އައްޑޫއަށް ގެންދެވޭނެ ކަމަށް ފެނަކައިން ބުނެއެވެ.

އައްޑޫ ސިޓީއަށް މެދުނުކެނޑި ކަރަންޓު ދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އިތުރު ޖެންސެޓެއް އެ ސިޓީއަށް ހޯދުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށް ފެނަކައިން ހާމަކުރެއެވެ.

މީގެ އިތުރުން ފެނަކައިން ބުނީ އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު