އާދިއްތަ, November 15
ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި 3 މިލިއަން ސިނގިރޭޓް ސްޓިކްސް ނައްތާލައިފި
ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި 3 މިލިއަން ސިނގިރޭޓް ސްޓިކްސް ނައްތާލައިފިއެވެ. މިތަކެތި ނައްތާލާފައިވަނީ މިއަދު މެންދުރު ކ. ދޫނިދޫގައި ކަސްޓަމްސް އޮފިސަރުންނާއި މީޑިއާގެ ހާޒިރުގައެވެ. މިގޮތުން ކަސްޓަމްސް އިން މިއަދު ނައްތާލާފައިވަނީ 3،183،040 ސިނގިރޭޓު ސްޓިކް ނުވަތަ 199 ކޭސް ސިނގިރޭޓެވެ. ކަސްޓަމްސް އިން ގިނަ އަދަދެއްގެ ސިނގިރޭޓު މިއަދު ނައްތާލާފައިވާއިރު، ކަސްޓަމްސް އިން ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގެ ސިނގިރޭޓު އެމްޕީއެލްގެ ހުޅުމާލޭ އިންޓަރނޭޝަނަލް ޓަރމިނަލްގައި ބަހައްޓާފައި ހުއްޓައި ވަގަށް ނަގާފައިވާ މައްސަލައެއް ވަނީ ފެންމަތިވެފައެވެ. މި މައްސަލައާ ގުޅިގެން އެކަން ރާވައި ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވި ކަމަށް ތުހުމަތު ކުރެވޭ ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފައެވެ. މީގެ ތެރޭގައި ދެ ވިޔަފާރިވެރިންނާއި، ކަސްޓަމްސްގެ އިސް މުވައްޒަފަކާއި އިތުރު މީހަކު ހިމެނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު