އާދިއްތަ, November 15
ސައިކަލަކަށް ގެއްލުންވެފައިވާ މައްސަލައެއްގައި މީހަކު ހޯދަނީ

ސައިކަލަކަށް ގެއްލުންވެފައިވާ މައްސަލައެއްގައި މީހަކު ހޯދަން އާންމުންގެ އެހީއަށް ފުލުހުން އެދިއްޖެއެވެ.

މިގޮތުން ސައިކަލަށް ގެއްލުން ލިބޭ މަންޒަރު ފެންނަ ވީޑިއޯއެއް ފުލުހުން އާންމުކޮށްފައިވާއިރު، މި ވީޑިއޯއިން ފެންނަ ގޮތުގައި ޕާކުކޮށްފައި ހުރި ސައިކަލުތަކެއް ކައިރިން ފިރިހެން މީހަކު ދާއިރު، އެމީހާގެ ގައިގައި ޖެހި ޕާކުކޮށްފައި ހުރި ސައިކަލުތަކެއް އެއްކޮށް ވެއްޓެއެވެ. އަދިވެސް ސައިކަލުތައް ވެއްޓުމުން އަޅާނުލައި އެމީހާ ދާ މަންޒަރުވެސް ވީޑިއޯއިން ފެނެއެވެ.

ފުލުހުން ބުނީ ވީޑިއޯ އިން ފެންނަ މީހާއަކީ މާފަންނު ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ، ސައިކަލަކަށް ގެއްލުން ވެފައިވާ މައްސަލައަކާ ގުޅިގެން ހޯދަންބޭނުންވެ، އެމީހާއަކީ ކާކުކަން ދެނެގަނެވިފައިނުވާތީ ހޯދިފައިނުވާ މީހެއް ކަމަށެވެ.

ވީމާ، ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެމަޢުލޫމާތެއް މާފަންނު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9660183 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322112 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.

އަދި މިފަދަ މީހުން ހޯދުމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު ދަންނަވައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު