އާދިއްތަ, November 15
40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި

މޫސުން ގޯސްވުމުގެ ސަބަބުން މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.

މިގޮތުން މެޓް އޮފީހުން ވަނީ މިއަދު 16:00 އިން 22:00 އަށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފައެވެ. މެޓް އޮފީހުން ލަފާކުރާ ގޮތުގައި މި ވަގުތުތަކުގައި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ އެވެ.

އަންނަ ހޯމަ ދުވަހާ ހަމައަށް ރާއްޖޭގެ މޫސުން ގޯސްވެ، ވައި ބާރުވެ ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ވަނީ އެދިފައެވެ.

މެޓް އޮފީހުން އިއްޔެ ވަނީ ރާއްޖޭގެ ސަރަހައްދަށް އަދިވެސް ހުޅަނގު މޫސުމުގެ ބާރު ގަދަވެ، ވައި ބާރުވުމާއެކު ކަނޑުތައް ގަދަވެ، ވިއްސާރަކުރާނެ ކަމަށް ލަފާ ކުރެވޭތޯ، އެންމެން އަދި ޚާއްޞަކޮށް ދަތުރުވެރިން، މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު އަދާހަމަ ކުރުމާއެކު މޫސުމަށް ސަލާމުވުމަށް އިލްތިމާސްކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު