އާދިއްތަ, November 15
ނަޞްރު ބޯޓު އަޑިއަށް ދިޔަ ހާދިސާގައި ކުމުންދޫގެ ރައްޔިތުންނަށް ލިބުނު މާލީ ގެއްލުން ދެނެގަތުމަށް މަޢުލޫމާތު ހޯދަނީ
ނަޞްރު ބޯޓު އަޑިއަށް ދިޔަ ހާދިސާގައި ކުމުންދޫގެ ރައްޔިތުންނަށް ލިބުނު މާލީ ގެއްލުން ދެނެގަތުމަށް މަޢުލޫމާތު ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

ކުމުންދޫ ކައުންސިލްގެ އިދާރާއިން ކުރި އިޢުލާނެއްގައި ބުނެފައިވަނީ ހދ. ނޭކުރެންދޫ "ނަޞްރު" ބޯޓު އަޑިއަށް ދިޔުމާއި ގުޅިގެން ހދ. ކުމުންދޫގެ ވިޔަފާރިވެރިންނާއި ރައްޔިތުންނަށް ލިބުނު މާލީ ގެއްލުން ދެނެގަތުމަށް ބޭނުންވާ ކަމަށެވެ.

އެގޮތުގެ މަތީން، މި ލިންކް މެދުވެރިކޮށް މަޢުލޫމާތު ފޯރުކޮށްދިނުމަށް ކައުންސިލުން ވަނީ އެދިފައެވެ.

ކައުންސިލުން ހާމަކުރި ގޮތުގައި މި މައުލޫމާތު އެއްކުރަނީ ކައުންސިލްއިން ތައްޔާރު ކުރަމުންދާ ރިޕޯޓަކަށެވެ. އަދި މި ރިޕޯޓް ނޭޝަނަލް ޑިސާސްޓަރ މެނޭޖްމެންޓް އޮތޯރިޓީއާ ހިއްސާ ކުރެވިގެންދާނެ ކަމަށާއި، ގެއްލުމުގެ ބަދަލު ހަމަޖެއްސުމަކީ ޑިސާސްޓަރ މެނޭޖްމެންޓް އޮތޯރިޓީގެ ފަރާތުން ކުރާ ކަމެއް ކަމުގައިވެސް ކައުންސިލުން ބުންޏެވެ.

ވީމާ، 20 އޮކްޓޫބަރު 2025 ވާ ހޯމަ ދުވަހުގެ ކުރިން، މި މަޢުލޫމާތު ހިއްސާކުރުމަށް ކައުންސިލުން ވަނީ އެދިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު