Saturday, October 31
ރިނބުދޫގައި ލޯކަލް ބީޗެއް ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދަނީ
ދ. ރިނބުދޫގައި ލޯކަލް ބީޗެއް ތަރައްޤީ ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އިޢުލާންކޮށްފިއެވެ. ރިނބުދޫ ކައުންސިލުން ކުރި އިޢުލާނެއްގައި ވަނީ ބީލަމުގައި ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ރަޖިސްޓްރޭޝަން ފޯމް ފުރިހަމަ ކުރެއްވުމަށްފަހު 2025 އޮކްޓޫބަރު 19 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން އީމެއިލް ކުރެއްވުމަށް އެދިފައެވެ. ކައުންސިލުން ބުނެފައިވާ ގޮތުގައި މި މުއްދަތުގެ ތެރޭގައި ބީލަން ރަޖިސްޓްރީ ފޯމް ހުށަހަޅުއްވާފައިނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނުލިބޭނެއެވެ.

މި މަސައްކަތުގެ މައުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން އޮންނާނީ 20 އޮކްޓޯބަރ 2025 ވާ ހޯމަ  ދުވަހުގެ 13:00 ގައި، ދ.ރިނބުދޫ ކައުންސިލް އިދާރާގައެވެ. އަދި ބީލަން ބަލައިގަތުން އޮންނާނީ 2025 އޮކްޓޯބަރ 26 ވާ އާދިއްތަ ދުވަހުގެ 13:00 ގައި ދ.ރިނބުދޫ ކައުންސިލް އިދާރާގައި ބީލަން ހުށަހަޅާ ފަރާތްތަކުގެ ޙާޟިރުގައެވެ.

ކައުންސިލުން ބުނީ ބީލަން ހުށަހަޅަންވާނީ ސިޓީއުރައެއްގައި ބަންދުކޮށް ސިޓީއުރައިގެ ބޭރުގައި '' ދ.ރިނބުދޫ ލޯކަލް ބީޗް ތަރައްޤީކުރުން " މިހެން ލިޔުމަށް ފަހުގައި ކަމަށާއި، ބަދަލުގައި މީހަކު ޙާޟިރުވާނަމަ ބީލަން ހުށަހަޅާ ފަރާތުގެ ސިޓީއަކާއި ވެރިފަރާތުގެ އައި.ޑީ.ކާޑްގެ ފޮޓޯކޮޕީއަކާއި ބަދަލުގައި ޙާޟިރުވާ ފަރާތުގެ އައި.ޑީ ކާޑްގެ ކޮޕީ ހުށަހަޅަންވާނެ ކަމަށެވެ.

މިކަމާ ގުޅިގެން އެއްވެސް މައުލޫމާތެއް ސާފުކުރަން ބޭނުންފުޅުވާނަމަ 23 އޮކްޓޯބަރ 2025 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން 6760047 ނަމްބަރު ފޯނަށް ގުޅުއްވުމަށް ކައުންސިލުން ވަނީ އެދިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު