އާދިއްތަ, November 15
ވައި ގަދަވާނެ ކަމަށް ލަފާކޮށް މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފި

ވައި ގަދަވާނެ ކަމަށް ލަފާކޮށް މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފިއެވެ.

މިގޮތުން މެޓް އޮފީހުން މި ހިސާބުތަކަށް ހުދު ސަމާލު ނެރެފައިވަނީ މިއަދު 15:30 އިން 21:30 އަށެވެ. އެ އިދާރާއިން ލަފާކޮށްފައިވާ ގޮތުގައި މި ވަގުތުތަކުގައި މި ސަރަހައްދުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެއެވެ.

އަންނަ ހޯމަ ދުވަހާ ހަމައަށް ރާއްޖޭގެ މޫސުން ގޯސްވެ، ވައި ބާރުވެ ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ވަނީ އެދިފައެވެ.

މެޓް އޮފީހުން އިއްޔެ ވަނީ ރާއްޖޭގެ ސަރަހައްދަށް އަދިވެސް ހުޅަނގު މޫސުމުގެ ބާރު ގަދަވެ، ވައި ބާރުވުމާއެކު ކަނޑުތައް ގަދަވެ، ވިއްސާރަކުރާނެ ކަމަށް ލަފާ ކުރެވޭތޯ، އެންމެން އަދި ޚާއްޞަކޮށް ދަތުރުވެރިން، މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު އަދާހަމަ ކުރުމާއެކު މޫސުމަށް ސަލާމުވުމަށް އިލްތިމާސްކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު