Saturday, October 31
"ޔޫތު ވެލްނެސް ލައުންޖް"ގެ ޚިދުމަތް ކޮންމެ ހޮނިހިރު ދުވަހަކު ހަވީރު 4 އިން 6 އަށް

މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާރޓްސްއިން ޒުވާނުންގެ ދުޅަހެޔޮކަމަށް އަމާޒުކޮށްގެން ފެށި "ޔޫތު ވެލްނެސް ލައުންޖް"ގެ ޚިދުމަތް ކޮންމެ ހޮނިހިރު ދުވަހަކު ލިބޭނެ ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.

ޔޫތު މިނިސްޓްރީން ބުނީ މި ޚިދުމަތް ކޮންމެ ހޮނިހިރު ދުވަހަކު ހަވީރު 4 އިން 6 އަށް ސޯޝަލް ސެންޓަރުން ލިބޭނެ ކަމަށާއި، ޚިދުމަތުގެ ދަށުން ވަކިވަކި ފަރުދުންނަށް ޞިއްޙީ ސްކްރީނިން އާއި، އަމިއްލަ ކޮންސަލްޓޭޝަން އަދި ޞިއްޙަތާ ގުޅޭ މަޢުލޫމާތު ދިނުމުގެ ސެޝަންތައް ހިމެނޭ ކަމަށެވެ.

އަދި މި ޚިދުމަތް ހޯދުމަށް ބޭނުންވާ ފަރާތްތަކަށް 4000505 ނަންބަރަށް ގުޅައިގެން ނުވަތަ ހިދުމަތް ދޭ ގަޑިތަކުގައި ސޯޝަލް ސެންޓަރަށް ޒިޔާރަތްކޮށްގެން ހިދުމަތް ލިބިގަނެވޭނެ ކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

ޔޫތު މިނިސްޓްރީން ބުނީ މިއީ ޒުވާނުންގެ ހެލްތު ކެފޭގެ އާ ބްރޭންޑިން އެއް ކަމަށާއި، އެ ތަން އިތުރަށް ޒަމާނީ ކުރެވި، ޚިދުމަތްތައް ރަނގަޅު ކުރެވިފައިވާ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު