އާދިއްތަ, November 15
ކޮޅުވެއްޓި ބަންޑުން ޖަހާލުން: ގެއްލުނު އިތުރު މީހެއްގެ ހަށިގަނޑު މޫދު އަޑިން ފެނިއްޖެ

ރޭ ބަންޑުން ޖަހާލި ލޭންޑިންގ ކްރާފްޓުން ދަތުރުކުރި މީހުންގެ ތެރެއިން ގެއްލުނު އިތުރު މީހެއްގެ ހަށިގަނޑު ފެނިއްޖެއެވެ.

މާލެއިން ފުރައިގެން އެރިޔަދޫއަށް ދަތުރުކުރި "އަލްމާކް-ފިޔަ" ނަމަކަށް ކިޔާ 100 ފޫޓުގެ ލޭންޑިންގ ކްރާފްޓެއް ވަނީ ބަންޑުން ޖަހާލައިފައެވެ. މި ލޭންޑިންގ ކްރާފްޓުގައި ހަތް މީހަކު ދަތުރުކުރިއިރު، މި އުޅަނދުން ދަތުރުކުރި ހަތަރު މީހަކު ވަނީ ސަލާމަތްކޮށްފައެވެ.

މީގެ އިތުރުން ބަންޑުން ޖަހާލި "އަލްމާކް-ފިޔަ" ލޭންޑިންގ ކްރާފްޓް އަޑިއަށް ގޮސްފައިވާ ކަމަށާއި، އެ އުޅަނދުން ގެއްލުނު ތިން މީހުންގެ ތެރެއިން އެކަކުގެ ހަށިގަނޑު އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުން ކަނޑުގެ އަޑިން ނަގާފައިވާ ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.

ފުލުހުން މިއަދު ހާމަކުރި ގޮތުގައި ނިޔާވި މީހާގެ ހަށިގަނޑު ފެނިފައިވަނީ މިއަދު ހެނދުނު 8:04 ހާއިރު އެވެ. މިގޮތުން ނިޔާވެފައިވަނީ ގއ. ދާންދޫ، ސަރުސޫނުގެ، އަޙުމަދު ޝިފާން (38 އ) އެވެ.

ފުލުހުން ބުނީ މި ހާދިސާގައި ގެއްލިގެން މިހާރު ހޯދަމުންދާ ދެ މީހުންގެ ތެރެއިން އެކަކު މިއަދު 15:45 ހާއިރު މޫދު އަޑިން، ކޯސްޓްގާޑުގެ ޑައިވަރުންނަށް ފެނިފައިވާ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު