Saturday, October 31
އުފެއްދުންތެރިކަން އިތުރުކުރުމާއި ތަޢުލީމީ ދާއިރާ ކުރިއެރުވުމަށް އެމްއެންޔޫ އާއި އެމްއެމްއޭ އިން އެއްބަސްވުމެއްގައި ސޮއިކޮށްފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އަދި މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) އާ ދެމެދު އުފެއްދުންތެރިކަން އިތުރުކުރުމާއި ތަޢުލީމީ ދާއިރާ ކުރިއެރުވުމަށް އަމާޒުކޮށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި އެމް.އެން.ޔޫގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެ ޔުނިވާސިޓީގެ ވައިސް ޗާންސެލަރ، ޑރ.އާއިޝަތު ޝެހެނާޒް އާދަމެވެ. އަދި އެމް.އެމް.އޭގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ އޮތޯރިޓީގެ ގަވަރުނަރު، އަޙްމަދު މުނައްވަރެވެ.

މި އެއްބަސްވުމުގެ މައިގަނޑުގެ މަޤްޞަދަކީ ދެ ފަރާތުން ގުޅިގެން އިލްމީ ދިރާސާތައް ކުރިއަށްގެންދިޔުމާއި، ތަމްރީނުތައް ކުރިއަށްގެންދިޔުމުގެ އިތުރުން އިންސާނީ ވަޞީލަތްތައް ތަރައްޤީކުރުމަށް މަސައްކަތްކުރުމެވެ.

އެގޮތުން، ތަޢުލީމީ ދާއިރާގެ ތަރައްޤީއާއި އުފެއްދުންތެރިކަން އިތުރުކުރުމުގެ އިތުރުން ޤައުމުގެ މަލީ ދާއިރާގެ މުސްތަޤްބަލު ބިނާކުރުމުގެ އެކި މަސައްކަތްތައް ކުރުމަށް ވަނީ އެއްބަސްވެވިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު