އާދިއްތަ, November 15
މުދާ ބަރުކޮށްގެން ފަސް މީހުންނާއެކު ދަތުރުކުރަމުންދިޔަ ބޯޓެއް އަޑިއަށް ގޮސްފި

މުދާ ބަރުކޮށްގެން، ފަސް މީހުންނާއެކު މާލެ އިން ފުރައިގެން ޅ. ނައިފަރަށް ދަތުރު ކުރަމުންދިޔަ ބޯޓެއް އަޑިއަށް ގޮސްފިއެވެ.

ފުލުހުން ބުނީ "ނަޞްރު" ނަމަކަށް ކިޔާ މި ބޯޓު މިއަދު 13:22 އެހާކަން ހާއިރު ވަނީ ދިޔަވެެ އަޑިއަށް ގޮސްފައިވާ ކަމަށާއި، ބޯޓު އަޑިއަށް ގޮސްފައިވަނީ ކ. ކާށިދޫ އާއި ޅ. އަތޮޅާ ދެމެދުގެ ސަރަހައްދަކަށް ކަމަށެވެ.

މި ބޯޓުން ދަތުރުކުރީ ދެ ދިވެހީންނާއި ތިން ބިދޭސީން ކަމަށްވާއިރު، އެމްއެންޑީއެފް ކޯސްޓްގާޑުން ވަނީ ބޯޓުގައި ތިބި މީހުން ސަލާމަތް ކޮށްފައެވެ.

ފުލުހުން ބުނީ މި ހާދިސާ އާ ގުޅޭގޮތުން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

ފުލުހުން ވަނީ ބޯޓު އަޑިއަށް ދިއުމުގެ ސަބަބުން ބޯޓުގައި ހުރި މުދަލާއި އެހެނިހެން ތަކެތި އޮޔާ ދާނެތީ، މި ސަރަހައްދުން ދަތުރުކުރާ އުޅަނދުތައް މިކަމަށް ސަމާލުވުމަށް އަންގައިފައެވެ.

އަދި ކަނޑު ދަތުރު ކުރާ ފަރާތްތަކުން، މޫސުމަށް ސަމާލުވެ، މޫސުމާބެހޭ ފަހުގެ މައުލޫމާތު ކަމާބެހޭ އިދާރާތަކުން ހޯދައިގެން ދަތުރު ކުރުމަށްވެސް ފުލުހުން ވަނީ ހަނދާންކޮށްދީފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު